ރޭ ދަންވަރު ނިދާފައި އޮއްވާ އއ. މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ހަމަލާދީ މަރާލައިފިއެވެ.
މަރާލައިފައިވަނީ އއ. މާޅޮހު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ.
ފުލުހުން މިއަދު ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުން ރޭ ދަންވަރު 1:50 ހާއިރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރުމަށް އެ ރަށަށް މާލެއިން ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ.