އަވިން ފެންވަރަން ގޮސް އުޅެނިކޮށް ޓްރަމްޕަށް މަދިރި އަކުން ހަމަލާދީފާނެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރާލަން ޖެހޭ ކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއިގެ ކުރީގެ މުސްތަޝާރަކުކަމުގައިވާ މުހަންމަދު ޖަވާދު ލަރްޖާނީ ނެރުއްވި ފައިސަލާ އާއި ގުޅިގެން ސުރުޚީ އޮތީ މިހާރު މީޑިއާތަކުގައި ވަރަށް ހޫނު ވެފައެވެ. އީރާނުގެ ޓެލިވިޒަންގައި ވާހަކަފުޅު ދައްކަވަމުން ލަރްޖާނީ ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އެމަނިކުފާނުގެ ރިސޯރޓް މަރާ ލޭގޯގައި އުޑުތިލަމަތިން އަވިން ފެންވަރަށް އޮއްވާ  ޑްރޯނަކުން (މަދިރިއަކުން) ފޫޅަށްވެސް ހަމަލާދީފާނެކަމަށް ވިދާޅުވެފައެވެ. އެ ޖުމުލަ ތަފްސީލުކޮށް ދެއްވަމުން ލަރްޖާނީ ވިދާޅުވެފައިވަނީ އީރާނުން ހަމަލާދޭނީ ފިރިހެނުންގެ ގޮތުގައި ކަމަށާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދިނުމަކީ (ކަވަރޑްން) ފިނޑިންގެ އަމަލެއް ކަމަށެވެ. ރައީސް ޓްރަމްޕް، ދުނިޔޭގެ އަމާންކަން ނެތިކޮށްލާފައިވާ މިންވަރުން އެމަނިކުފާނުގެ ނުލަފާ އަމަލުތަކުގެ އަންޖާމް ދެކެން ޖެހޭނެއެވެ.

            

ރައީސް ޓްރަމްޕް އަވިން ފެންވަރަނިކޮށް ޑްރޯނަކުން ބަނޑަށް ހަމަލާދީފާނެކަމަށް ލަރްޖާނީ ވިދާޅުވުން މިހާރު ފޭސްބޫކްއާއި އެކްސްގައިވެސް ދައުރުވަމުން އެބަދެއެވެ. ”ޓްރަމްޕް އެމަނިކުފާނުގެ ރިސޯރޓުގައި އުޑުތިލަމަތިން އޮވެ އަވިން ފެންވަރަނިކޮށް ކުޑަކުޑަ ޑްރޯނަކުން ފޫޅަށް ހަމަލާދިނުމަކީ އުދަނގޫ ކަމެއް ނޫނެވެ.“ ލަރްޖާނީ ވިދާޅުވިކަމަށް ބުނެފައިވެއެވެ. އަދި ލަރްޖާނީ ވިދާޅުވި ބަސްފުޅު ފާރިސީބަހުގެ 3 އިލްމުވެރިއަކުލައްވާ ތަރުޖަމާ ކުރެވިފައިވާނީ ސައްހަގޮތުގައި ކަމަށާއި އޭގެ ކޮޕީއެއް ރައިސް ޓްރަމްޕް އަށްވެސް އަރުވާފައިވާނެ ކަމަށް ފޮކްސް ނިއުސް އިން ބުނެފައިވެއެވެ. ޖުލައި 9 ވަނަދުވަހު ނޫސްވެރިންނަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޓްރަމްޕް ވަނީ އެ ކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަވާފައެވެ. މީޑިއާތަކުން އެނގޭ ގޮތުގައި މިޑްލް އީސްޓް މީޑިއާ ރިސާރޗް އިންސްޓިޓިއުޓުންވަނީ ލަރްޖާނީގެ ބަސްފުޅު އެއްކޮށް ތަރުޖަމާ ކޮށްފައެވެ. މި ކުދިކުދި ދޫނިތައް (ޑްރޯންއަށް ހަވާލާ ދީފައި) ބޭނުންކޮށްގެން ހަމަލާ ދޭނީ ފިނޑިންކަމާއި އީރާނުން ހަމަލާދޭނީ ފިރިހެނުންގެ ގޮތުގައިކަންއެ ތަރޖަމާގައި އިތުރަށް ހިމަނާފައި ވެއެވެ.                                   

ފޮކްސް ނިއުސްގެ ރިޕޯރޓަރ ޕީޓަރ ޑޫސީ އީރާނުގެ ފައިސަލާ ރައީސް ޓްރަމްޕް އަށް ދެންނެވުމުން ވިދާޅުވެފައިނީ “ އަހަރެން އަވިން ފެންނުވަރާތާވެސް މިހާރު ކިތަންމެ ދުވަހެއް ވެއްޖެ “ ކަމަށެވެ.                  

މިޑްލް އީސްޓް ރިސާރޗް އިންސްޓިޓިއުޓު އަކީ ކުރީން ޕްރޮޕަގެންޑާ މެޝިންގެ ނަމުން މަޝްހޫރު ވެފައިވާ ނޫހެކެވެ. އަދި އެއީ އިސްރާއީލުގެ ޖާސޫސީ އޮފިސަރަކު ހިންގާ ނޫހެއްވެސް މެއެވެ.                  

މުހަންމަދު ޖަވާދު ލަރްޖާނީއަކީ އީރާނުގެ ސުޕްރީމް ކައުންސިލްގެ އިސް މުސްތަޝާރުކަމާއި އާންމު ސެކްރެޓަރީ ކަން ކުރައްވާފައިވާ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ މިހާރުވެސް އީރާނުގެއިންސްޓިޓިއުޓް ފޯރ ތިއަރެޓިކަލް ސްޓަޑީސް އިން ފިޒިކްސް އެންޑް މެތެމެޓިކްސްގެ ޑިރެކްޓަރެވެ.                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް