ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީ!

Loading

Facebook
Twitter
WhatsApp

ރޭ އިރު އޮއްސުނު ވަގުތު ހުޅުމާލެ އެންސިސް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައި ވަނީ ގާތްގަނޑަކަށް 4 ގަޑިއިރެއް ހާއިރު ފަހުންނެވެ.

ފުލުހުން މިއަދު ބުނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ 3 ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި އެމީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަަށް ފުލުހުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް