އަންހެން ފަނޑިޔާރުން އަނެއްކާވެސް މެލޭޝިއާގެ ޖުޑިޝަރީގެ އެންމެ އިސް ސަފުތަކުގައި!

Loading

Facebook
Twitter
WhatsApp


މެލޭޝިޔާގެ ތާރީހުގައި ދެވަނަ ފަހަރަށް އެގައުމުގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ދެ މަގާމު އަންހެން ކަނބަލުން ހިފަހައްޓަމުން އަންނައިރު، މިއީ ގައުމުގެ ގާނޫނީ އަދި އިޖުތިމާއީ ކުރިއެރުމުގެ އިތުރު މައިލްސްޓޯންއެކެވެ.


މި ތަރައްޤީގެ ސަބަބުން މެލޭޝިޔާގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ލީޑަޝިޕްގައި އަންހެނުންގެ ދައުރު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ޚާއްޞަކޮށް އާންމު މުއައްސަސާތަކުގެ ތެރޭގައި ދެޖިންސުގެ ހަމަހަމަކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެޤައުމުން ކުރަމުންދާ މަސައްކަތްތައް ވެސް ދައްކުވައިދެއެވެ.
މެލޭޝިއާ މިހާރު ހިމެނެނީ، އޭޝިއާގެ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މަދު ގައުމުތަކުގެ ތެރެއިން، އަންހެނުން ތަކުރާރުކޮށް ޝަރުއީ ދާއިރާގެ އެންމެ މަތީ މަގާމުތައް އަދާކޮށްފައިވާ ގައުމުތަކުގެ ތެރޭގައެވެ. މެލޭޝިއާއިން މިފަދަ ކާމިޔާބީއެއް ހޯދާފައި މިވަނީ، ކުށްތަކާއި ކޮރަޕްޝަން ހައްލުކުރުމުގެ މަސައްކަތުގެ އިތުރުން، މުޖުތަމައުގައި އަންހެނުންގެ މަޤާމު ރަނގަޅު ކުރުމަށ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ.
މިއީ އަންހެނުންގެ ލީޑަޝިޕަށް އިތުބާރު ބޮޑުވުމުގެ ނިޝާނެއް ކަމަށާއި، މެލޭޝިއާގެ ޝަރުއީ ދާއިރާއަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާހިރުން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް