އުދުހޭ ވަތުތަށި ހަމައެކަނި އެމެރިކާ ސަރަހައްދަށް ފެންނަނީ ކީއްވެގެން

Loading

Facebook
Twitter
WhatsApp

މި އަހަރުގެ މިހާތަނަށް ނިއުޔޯރކް ސިޓީއަށް 66 އުދުހޭ ވަތުތަށި ފެނިފައިވާކަމަށް އެމެރިކާގެ ނޭޝަނަލް ޔޫ އެފް އޯ ރިޕޯރޓިން ސެންޓަރުން ހާމަ ކޮށްފިއެވެ. ކަނޑައެޅިގެން ހަގީގަތް އޮޅުންފިލާފައިވާ 66 އުދުހޭ ވަތުތަށި ރަސްމީގޮތުން ރިކޯރޑް ކުރެވިފައިވާއިރު އެނޫން އެތައް ބައިވަރު ގޮތްނޭގޭ އުދުހުންތައް ވަނީ ފެނިފައެވެ. އެ ފަދަ ބައެއް އެއްޗެހީގެ ވައްތަރާއި އުދުހެމުންދާ ބާރުމިންވެސް ވަރަށް ތަފާތެވެ. ބައެއް އެއްޗެހި ތިނެސްކަން ސިފައަކަށް ހުންނައިރު އެހެން ބައެއް އެއްޗެހި ވައްކޮށް ހުއްޓާވެސް ފެނެއެވެ. ބައެއްފަހަރު ދިއްލާފައި ހުންނައިރު އޭގެ ދުވެއްޔާއެކު ސިފައަށްވެސް ބަދަލު އަންނަކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ބައެއްފަހަރު ކަތި ގޮތްގޮތަށް  މިސްރާބު ބަދުލުކުރުމާއި ކުއްލި އަކަށް ދުވެލި ބާރުކޮށް ދުވެލި މަޑުކުރުން ކަހަލަ އާދަޔާ ޚިލާފް ހަރަކާތްތައްވެސް ވަނީ ފާހަގަ ކުރެވިފައެވެ.

އެމެރިކާގެ ނޭޝަނަލް ޔޫ އެފް އޯ ރިޕޯރޓިން ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު އެންމެ ގިނައިން ޔޫ އެފް އޯ ފެނިފައިވަނީ ނިއުޔޯރކްގެ ރަށްބޭރު ސަރަހައްދު ތަކުންނާއި އަދި ބިގް އެޕްލް އެއާރސްޕޭސް ސަރަހައްދުންނެވެ. 

މިދިޔަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ރަނގަޅަށްފާހަގަ ކުރެވިފައިވާ 65 ޔޫ އެފް އޯ ވަނީ ރިކޯރޑް ކުރެވިފައެވެ. ޔޫ އެފް އޯ އާންމުކޮށް ފެންނަނީ ހޫނު ސަރަހައްދުތަކުންނާއި ކުދި ޓައުން  ތަކުން ކަން ފާހަގަކުރެވިފައިވެއެވެ.

އީވާންސް މިލްސް ކައިރީގައި ހުންނަ މިލިޓްރީ ބޭސް އެއް ކައިރިން ވަރަށް ގިނައިން ފެންނަކަމަށާއި ޔޫ އެޕް އޯ ފެންނަ ފަރާތަކުން ހީކުރަނީ އެއީ މިލިޓްރީ ހަރަކާތްތަކަކާ ގުޅިގެން ފެންނަ ފެނުމެއް ކަމަށެވެ.

ޔޫ އެފް އޯ ފެނުމުން ބައެއް މީހުންނަށް ހީކުރެވެނީ ކޮންމެވެސް ވައްތަރެއްގެ ދޫންޏެއް ކަމަށެވެ. އެހެންނަމަވެސް އޭގެ ސިފަ އާއި ދުވެލި އަދި މިސްރާބު ކުއްލިއަށް ބަދަލު ވަމުން ދިއުމުން އެއީ ދޫނި ނޫންކަން ސައިންސުންވެސް ވަނީ ސާބިތުކޮށްދީފައެވެ. 

މިދިޔަ އަހަރު ކެނެޑާއަށްވެސް ގާތްގަނޑަކަށް އެއްހާސް ޔޫ އެފް އޯ ފެނި ރިކޯރޑް ކުރިވިފައިވާ ކަމަށް އެގަމުގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފައި ވެއެވެ. ބްރެޒިލް އަށްވެސް 63 ޔޫ އެފް އޯ ފެނިފައިވާކަން ހާމަކޮށްފައި ވެއެވެ.

ބައެއް ތަޖްރިބާކާރުންގެ ނަޒަރުގައި ޚައްސަކޮށް ހޫނު މޫސުމުގައި އެމެރިކާ ސަރަހައްދުން ޔޫ އެފް އޯ ފެނުން ގިނަ ވެފައިވަނީ  ޑްރޯނާއި އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުން ހިންގާ ހާރަކާތްތަކެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެމެރިކާގެ ނޭޝަނަލް ޔޫ އެފް އޯ ރިޕޯރޓިންގ ސެންޓަރުންވެސް މިހާތަނަށް ޔޫ އެފް އޯ ގެ ޑިޖިޓަލް ތަސްވީރެއް ހާމަކޮށްފައެއް ނުވެއެވެ. 

ޔޫ އެފް އޯ ދެނެގަތުމުގެ ތަޖްރިބާކާރު ރޮބާރޓް ޖޭ ގްރިބްލް ދެކޭގޮތުގައި ޔޫ އެފް އޯ އިން ދުނިޔެއަށް ވެރިވެ ގަތުމަކީވެސް ނުވާނެކަމަށް ބުނެވޭނެކަށް ނެތެވެ.

އެމެރިކާގައި ޔޫ އެފް އޯ ގެ ވާހަކަތައް ގިނަވެފައިވާއިރު އެކަމާ ގުޅުވައިގެން ހެއްވާ ވާހަކަތައްވެސް ހަދައިގެން ދައްކަން ފަށައިފިއެވެ. “ އެއްދުވަހަކު ޔޫ އެފް އޯއެއް ދަންވަރު ވަގުތެއްގައި ޓެކްސަސް އަށް ލޭންޑްކުރީ ޕެޓްރޯލް ސްޓޭޝަނަކަށެވެ. މީހުންތިބީ ނިދާފައެވެ. ޕެޓްރޯ އަޅާ ވާގަނޑު އޮތީ މެޝިންގައި އަޅުވާލާފައެވެ. ޔޫ އެފް އޯ ގެ ފަޅުވެރިން އެއީ ކޮން ރަށެއްތޯ އެތައްފަހަރަކު ސުވާލު ކުރުމުންވެސް ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން މެޝިންގައި އަޅުވާފައި ހުރި ވާގަނޑަށް އިޝާރާތްކޮށް އެއް ފަޅުވެރިޔަކު ބުންޏެވެ. އަހަރެމެން ދައްކާ ވާހަކަ އަޑު ނާހަންވެގެން އެހުރީ ކަންފަތަށް އިނގިލި ޖަހާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް