ބޭބީ ސިޓަރ އެނދު ދަށް ބެލީ ”މޮންސްޓަރ“ އެއް ފެނޭތޯ، ފެނުނީ އިންޓްރޫޑައެއް

Loading

Facebook
Twitter
WhatsApp

ކުދިން ނިންދެވިއިރު، ރޫޓިން ޗެކެއްގެ ގޮތުގައި ފެށުނު ކަންތައްތައް ކެންސަސްގެ ބޭބީ ސިޓަރަކާއި އޭނާގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބިރުވެރި ހުވަފެނަކަށް ބަދަލުވީ، ކުއްޖާ އެންމެ ބިރުގަންނަ ”މޮންސްޓަރ އަންޑަރ ދަ ބެޑް“ ވާހަކަ ހަގީގަތަކަށް ބަދަލުވުމުންނެވެ.

ބާޓަން ކައުންޓީ ޝެރިފް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހަވީރު ގްރޭޓް ބެންޑް ސިޓީގެ ބޭރުގައި ހުރި ގެއެއްގައި ހަމަނުޖެހުމެއް ހިނގައިގެން ޑެޕިއުޓީން ވަނީ ހަރަކާތްތެރިވެފައެވެ.
އާންމުކޮށް ނަން ހާމަނުކުރާ، ކުދިން ބެލުމަށް ގެއަށް އައިސް ހުރި މީހަކު، ކުދިން ނިދަން ތައްޔާރު ކުރަމުން ދަނިކޮށް، އެ ކުދިންގެ ތެރެއިން އެކަކު އެނދު ދަށުގައި “މޮންސްޓަރ” އެއް ހުރި ކަމަށް ބުނުމާއެކު، ކުއްޖާ ހަމައަކަށް އެޅުވުމުގެ ގޮތުން، އެނދުގެ ދަށް ބަލާލިއިރު، ކުރިމަތިލެވުނީ އެނދުގެ ދަށުގައި ފޮރުވިފައި އޮތް ފިރިހެނަކާއެވެ.

”އެނދުގެ ދަށުގައި އެއްވެސް އެއްޗެއް ނެތްކަން ކުއްޖާއަށް ދައްކަން އުޅުނު އިރު، އެތަނުގައި ފިލައި އޮތް ފިރިހެނަކާ ކުރިމަތިލާން ޖެހުނީ، ބެބީސިޓަރ އާއި އެފިރިހެނާއާއި ދެމީހުންގެ ދެމެދު ކުރިމަތިލުމެއް ހިނގައި، އެއް ކުއްޖަކު ވެއްޓުނީ.“ ޝެރިފްގެ އޮފީހުން ބުނެފައިވެ އެވެ.

ޝައްކު ކުރެވޭ މީހާއަކީ ކާކުކަމެއް އަދި އޭނާ ގެއަށް ވަދެގެން ދިޔަގޮތުގެ ތަފްސީލެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، ތަހުގީގު ދަނީ ކުރިއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް