ކޮލޮމްބޯ ޑޮކްޔާރޑްގެ ބޮޑު ހިއްސާއެއް އިންޑިއާގެ މެޒަގަން ޑޮކްޔާރޑް ލިމިޓެޑުން ގަންނަނީ

Loading

Facebook
Twitter
WhatsApp
ކޮލޮމްބޯ ޑޮކްޔާރޑުގެ ފޮޓޯއެއް

ސުރުޚީގައި އެވާ ޚަބަރަކީ ދިވެހި ރާއްޖޭގައި ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް އެނގެން ބޭނުންވާ މައުލޫމާތަކަށް ވާނެއެވެ. އާންމުގޮތެއްގައި ދިވެހިންގެ ބޯޓުފަހަރު މަރާމާތު ކުރުމާއި އަހަރީ ސާރވޭތަކަށް ބޭނުންކުރަނީ ކޮލޮމްބޯ ޑޮކްޔާރޑްއެވެ. ދިވެހިރާއްޖެއާއި ކައިރިވެފާ ބޭނުންވާ ހުރިހާ ވަސީލަތެއް އެތަނުން ލިބޭތީއެވެ. 

 

 

       

ދިވެހިރާއްޖޭގައި އެމް ޓި ސީ ސީ އިން ޑޮކްޔާރޑެއް ފަށަށް އުޅުނު ވާހަކަތަކެއް ތަންކޮޅެއް ކުރިން މީޑިއާއިން ދުށް ހަނދާން ވެއެވެ. އޭގެ ފަހުން ރައީސް މުއިއްޒުގެ މި ރިޔާސަތުގައި އެމް ޕީ އެލް އިން ފްލޯޓިންގ ޑޮކްޔާޑެއްގެ މަސައްކަތް ފަށަން އުޅުނު ވާހަކައެއްވެސް ވަރަށް ގަދަޔަށް މީޑިއާއިން ފެނުނެވެ. އެހެންނަމަވެސް އެވާހަކަތަކުގެ އަޑު މިހާރު އެއްވެސް ވަރަކަށް ނީވެއެވެ.                                             

ޑޮކްޔާރޑެއް ފަށައިގަތުމާއި ހިންގުމަކީ މަޝްވަރާއެއް ދިނުންހާ ފަސޭހަކަމެއް ނޫންކަން ކޮލޮމްބޯ ޑޮކްޔާރޑްގެ ބޮޑު ހިއްސާއެއް މެޒަގަން ޑޮކްޔާރޑަށް ވިއްކާލަން ގަސްދުކުރުމުން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.         

އިންޑިއާ ސަރުކާރުގެ މެޒަގަން ޑޮކް ޝިޕްބިލްޑާރސް ލިމިޓެޑުން ކޮލޮމްބޯ ޑޮކްޔާޑުގެ ކޮންޓްރޯލިންގ ހިއްސާ ގަތުމަށް ހުށައަޅާފައިވަނީ 52.96 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ކޮލޮމްބޯ ޑޮކްޔާރޑުގެ %51 ހިއްސާއެވެ. މިއީ ކޮލޮމްބޯ ޑޮކްޔާރޑުން ގެއްލުމާ ކުރިލާން ޖެހިފައިވާއިރު މުމްބާއި ގައި ހުންން އިންޑިއާގެ މެޒަގަން ޑޮކުގެ ވިޔަފާރި ގައުމުން ބޭރަށް ނިކުންނަ ފުރަތަމަ ފަހަރެވެ.                                    

ބޯޓުފަހަރު ބަނުމާއި މަރާމާތުކުރުމާއި އަދި ހެވީ އެންޖިނިއަރިންނާއި އޮފްޝޯރ އެންޖިނިއަރިންގެ ރޮނގުން ކާމިޔާބީ ނަންތަކެއް ހާސިލު ކޮށްފައިވާ ކޮލޮމްބޯ ޑޮކްޔާރޑުން ވަނީ ގާތްގަނަޑަށް 8 ބިލިއަން އިންޑިއަން ރުޕީސްގެ ދަރަނި ބޮލުގައި އަޅަން ޖެހިފައިވާކަމަށް ސްރީލަންކާގެ ދުވަހުނޫސް ފައިނޭންޝަލް ޓައިމްސްއިން މި މަހު 28 ވަނަ ދުވަގު ރިޕޯރޓްކޮށްފައިވެއެވެ. އިންޑިއާއާއެކު ކުރެވޭ މި މުއާމަލާތުގެ ސަބަބުން 2 ގައުމަށްވެސް ފައިދާ ކުރާނެ ކަމަށާއި އަދި މި މުއާމަލާތުގެ އެންމެހާ ކަންތައް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.                                      

ކޮލޮމްބޯ ޑޮކްޔާރޑުގެ ކޮންޓްރޯލް ލިބުމުން މިސަރަހައްދުގެ މެރިޓައިމާ ގުޅޭ ކަންތައްތަކުގައި އިތުރަށް ފައިހަރުކޮށްލުމުގެ ފުރުސަތު އިންޑިއާއަށް ފަހިވެގެންދާނެއެވެ. މި މުއާމަލާތާބެހޭގޮތުން ކޮލޮމްބޯ ޑޮކްޔާރޑުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.                                                  

މިދިޔަ އަހަރާ ހަމަޔަށް ކޮލޮމްބޯ ޑޮކްޔާރޑުގެ މެޖޯރިޓީ ހިއްސާ ގަނެފައިވާ ޖަޕާނުގެ އޮނޯމިޗީ ޑޮކްޔާރޑުން ކޮލޮމްބޯ ޑޮކްޔާރޑުން ވަކިވުމަށް ނިންމުމާގުޅިގެން ދައްކަންޖެހޭ ފައިސާ ނުދެއްކިދާނެކަމަށް ބަލައި ނިއުދިއްލީން އިންވެސްޓް ކުރުމުގެ ފުރުސަތު ހޯދަން ކޮލޮމްބޯއިން ފަށައިގަތީކަމަށް އިންޑިއާއިން ބުނެއެވެ. ކޮލޮމްބޯއިން އިންވެސްޓަރުން ހޯދަން ޝޯޓްލިސްޓް ކުރުމުގައި މެޒަގަން ޑޮކްގެ މާލީ ހާލަތާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް އެ ކުންފުންޏަށް ފުރުސަތު ދިނީ ކަމަށް ބެލެވެއެވެ.                                                 

ކޮލޮމްބޯ ޑޮކްޔާރޑްގެ ކޮންޓްރޯލިން ހިއްސާ ގަތުމަށް އިންޑިއާއިން ނިންމާފައިވަނީ މި ސަރަހައްދުގައި ވަރަށްބޮޑަށް ޗައިނާގެ ހަންފެތުރުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ. މި ކަން އެތައް ފަހަރަކު އިންޑިއާއިން ވަނީ ސްރީލަންކާއާއެކު ހިއްސާވެސް ކޮށްފައެވެ. އަދި ޗައިނާގެ ތަހްލީލީ ބޯޓު ސްރީލަންކާއަށް ބަނދަރުކުރުމުން ބޭރުގެ ރިސާރޗް އުޅަނދުފަހަރު ސްރީލަންކާގައި ބަނދަރުކުރުން މަނާކުރުމަށްވެސް އިންޑިއާއިން ގޮވާލާފައި ވެއެވެ.   

ކުމާރަ ދިސެނަޔަކެ ސަރުކާރުންވަނީ ބޭރުގައުމުތަކުގެ އުޅަނދުފަހަރު ބަނދަރު ކުރުމާބެހޭ ސިޔާސަތެއް އަލުން އެކަށައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.                                              

މެޒަގަން ޑޮކް އަކީ ސްރީލަންކާގައި ހަރަކާތްތެރިވާންފެށި އިންޑިއާގެ ފުރަތަމަ ކުންފުނި ކަމުގައި ނުވާނެއެވެ. މިއަހަރު އޭޕްރިލްމަހުގެތެރޭގައި ސްރީލަންކާގެ ހުޅަނގު އިންޓަރނޭޝަނަލް ޓަރމިނަލް ހިންގުމާއި އިންޑިއާގެ އަދާނީ ޕޯރޓްސް އެންޑް ސްޕެޝަލް އިކޮނޮމިކް ޒޯން ލިމިޓެޑުން ވަނީ ހަވާލުވެފައެވެ. ސްރީލަންކާގެ އެ ސަރަހައްދު ތަރައްގީ ކޮށްފައިވަނީ ސްރީލަންކަން ޕޯރޓްސް އޮތޯރިޓީއާއި އެގައުމުގެ މަޝްހޫރު ވިޔަފާރި ކުންފުނި ކީލްސް ހޯލްޑިންގްސް އިންނެވެ. އެ ސަރަހައްދާ ޖެހިގެން ކޮލޮމްބޯ ޕޯރޓްގައި އޮންނަނީ ޗައނާއިން ތަރައްގީކޮށްފައިވާ ކޮލޮމްބޯ އިންޓަރނޭޝަނަލް ކޮންޓެއިނަރ ޓަރމިނަލް އެވެ.                                  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް