ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓަރ ޠާރިޤު ލ. އަތޮޅަށް ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމް، ލ. އަތޮޅަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު ލ. އަތޮޅަށް ވަޑައިގެންނެވީ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެގޮތުން ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަމާއި، މިފަދަ ގައުމީ މުނާސަބަތުތައް މާލެއިން ބޭރުގެ އަތޮޅުތަކުގައި ފާހަގަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ދަތުރުފުޅެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް