ނިއުކްލިއަރ އެއް ސައިޓްގެ ފުންމިން އެނގޭތީ އެތަނަށް އެމެރިކާގެ ބީ-2 އިން އިން ހަމަލާ ދީފައެއް ނުވޭ

Loading

Facebook
Twitter
WhatsApp
އިސްފަހާނުގެ ނިއުކްލިއަރ ސައިޓަށް ވަންނަ ދޮރުމަތީގެ ފޮޓޯއެއް 

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކުގައި އިސްރާއީލުން އީރާނަށްދިން ހަމަލާތައް ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުޚީން އަދިވެސް އެއްފަރާތް ކުރެވޭ ގޮތެއް ނުވެއެވެ.     

                        

މިދިޔަ ބުރާސްފަތި  ދުވަހު ސެނޭޓަށް މައުލޫމާދެމުން އީރާނުގެ އެއް ނިއުކްލިއަރ ސައިޓްގެ ފުންމިން އެނގޭތީއާއި އެ ފުންމިނަށް ހަމަލާ ނުދެވޭނެތީވެ ބަންކަރ ބަސްޓަރުން އެ ސައިޓަށް ހަމަލާ ނުދޭ ކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް ޖެނެރަލް ހާމަކޮށްފިއެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗެއާރމަން ޖެނެރަލް ޑޭން ކެއިން ބުނެފައިވަނީ އީރާނުގެ އިސްފަހާން ނިއުކްލިއަރ ސައިޓްގައި %60 އަށް މުއްސަނދި ކޮށްފައިހުރި ޔުރޭނިއަމް ހުރިކަން އެނގޭ އިރުވެސް އެ ތަނަށް ހަމަލާ ނުދިނީ ބަންކަރ ބަސްޓަރ ބޮމުން އެތަނުގެ ފުންމިން ފޫއަޅުވާ ނުލެވޭނެތީއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އެ ތަނުގައި ފުނިޖަހާފައިހުރި ޔުރޭނިއަމް ބޭނުންކުރާނެކަންވެސް އެނގެއެވެ.                                                 

އީރާނުގެ ފޯރޑޯ އާއި  ނަތަންޒްގައި ހުންނަ ނިއުކްލިއަރ ސައިޓްތަކަށް އެމެރިކާގެ ބީ-2 މަރުކާގެ ބަންކަރ ބަސްޓަރ އިން ބާރަވަރަކަށް ބޮން ވައްޓާލިއެވެ. އެހެންނަމަވެސް އިސްފަހާނަށް ހަމަލާދިނުމަށް ބޭނުންކުރީ އެމެރިކާގެ ސަބްމެރިނުން ޓޮމްހައުކް މިސައިލެވެ.                                       

ސެނޭޓަށް މައުލޫމާތު ދިނުމުގައި ޖެނެރަލް ކެއިން އާއެކު ދިފާއީ ވަޒީރު ޕީޓް ހެގްސެތު އާއި ޚާރިޖީ ވަޒީރު ރޫބިއޯ އާއި އަދި ސީ އައި އޭ ގެ ޑިރެކްޓަރ ޖޯން ރެޓްކްލިފް ބައިވިރި ވިއެވެ. އިތުރު ތަފްސީލު ހޯދުމަށްޓަކައި ޖެނެރަލް ކެއިންގެ ތަރުޖަމާނަށް ސުވާލުކުރުމުން ޖެނެރަލްގެ ވާހަކަފުޅާ ގުޅޭގޮތުން އިތުރަށް ވާހަކަ ދެއްކުމުގެ އިޚްތިޔާ ލިބިފައި ނުވާ ކަމަށް ބުންޏެވެ.                                                   

ސެނޭޓްގެ ސުވާލުތަކަށް ޖަވާބު ދެމުން އީރާނުން މުއްސަނދިކޮށްފައިވާ ގިނަ ޔުރޭނިއަމްހުރީ އިސްފަހާނާއި ފޯރޑޯގައި ކަން އެނގޭ ކަމަށް ޖޯން ރެޓްކްލިފް ބުނެފައިވެއެވެ.                               

އީރާނުގެ ޔުރޭނިއަމް ރައްކާކޮށްފައިހުރި ފުންމިނަށް އެމެރިކާއިން ދުވަހަކުވެސް ކާމިޔާބު ހަމަލާއެއް ނުދެވޭނެކަމަށް ޑިމޮކްރެޓިކް ސެނޭޓަރ ކްރިސް މާރފީ ބުރާސްފަތި ދުވަހުގެ ރޭ ސީ އެން އެން އަށް ކިޔާދިނެވެ. އެމެރިކާގެ ހަމަލާއެއްގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަން އެ ގައުމަށް ރަނގަޅަށް އެނގެއެވެ.                                                               

އީރާނުގެ ނިއުކްލިއަރ މަޝްރޫއު “ އެއްކޮށް މުޅިން “ ނައްތާލެވިއްޖެކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއިރުވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ސީ އެން އެން އަށްމައުލޫމާތު ދީފައިވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބީ-2 މަރުކާގެ ބަމްކަރ ބަސްޓަރތައް ބޭނުންކޮށްގެންވެސް ފާހަގަކުރެވޭ ވަރުގެ ހަމަލާއެއް ނުދެވޭ ކަށެވެ. އޭގެ ފަހުން އޮތް މީޑިއާއަށް މައުލޫމާތު ދިނުމެއްގައި ސީ އެން އެން އިން ރައީސް ޓްރަމްޕް އަށް ސުވާލު ދެންނެވުމުން ’ ކަލޭމެންގެ ދޮގުތައް ފަތުރަމުން ގެންދާށޭ، އެކަމަކު އީރާނުގެ ނިއުކްލިއަރ ސައިޓްތައް އޮންނާނީ ބިމާ ހަމަކޮށްލާފައޭ ’ ވިދާޅުވެ ކޯފާ އިސްކުރެއްވި މަންޒަރު ވެސް ވަނީ މީޑިއާތަކަށް ތިލަވެފައެވެ. އެމެރިކާއިން ހަމަލާ ދިނުމުގެ ކުރިން އީރާނުގެ ޔުރޭނިއަމް ގޮތްނޭންގޭ އެހެންތަނަކަށް ގެންދިޔަކަންވެސް ސީ އެން އެން އިން ވަނީ ހާމަކޮށްފައެވެ.                                

ސެނޭޓްގެ ބޭފުޅުންނަށް ދިން މައުލޫމާތާ ގުޅޭގޮތުން ރައީސް ޓްރަމްޕްގެ ވަޒީރުންނާ ސުވާލުކުރުމުން ޖަވާބު ދިނުމުން އެކަހެރިވެގަތް ކަމަށްވެސް ސީއެން އެން އިން ބުނެފައި ވެއެވެ. އެހެންނަމަވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް މާބޮޑު ގެއްލުމެއް ނުދެވޭ ކަމަށާއި އަދި އެއީ މިލިޓްރިން ކުރަންޖެހޭ ކަމެއްވެސް ނޫންކަމަށް ރިޕަބްލިކަން ސެނޭޓުން ބުނެފައިވެއެވެ. ޓެކްސަސްގެ ރިޕަބްލިކަން ސެނޭޓް މައިކަލް މެކައުލް ބުނެފައިވަނީ އީރާނުގެ ޔޫރޭނިއަމް ހުރިގޮތަށް އެބަހުރިކަމަށާއި އަދި އީރާނުންބޭރަށް ނުވެސް ގެންދާނެ ކަމަށް ގަބޫލު ކުރާކަމަށެވެ. މިކަން ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ މަޝްވަރާއެވެ.                                        

އިސްފަހާނުގެ ނިއުކްލިއަރ ސައިޓްތަކަށް މި މަހު 26 ވަނަ ދުވަހު އެއްގަމު އުޅަނދުފަހަރުގައި ވަދެ ނިކުމެ ހަދަމުން ގެންދާ މަންޒަރު ކޮމާރޝަލް ސެޓެލައިޓް ފޮޓޯތަކުންވެސް ފެންނަމުންދާކަމަށް މިޑްލްބަރީ އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ނިއުކްލިއަރ ހަރިޔާރުގެ ތަޖްރިބާކާރު ޖެފްރީ ލީވިސް ސީ އެން އެން އަށް މައުލޫމާތު ދީފައި ވެއެވެ. އަދި މިމަހު 27 ވަނަދުވަހު އިސްފަހާނުގެ ސައިޓަށް ވަންނަ ދޮރުމަތި ސާފުކޮށްފައިވާކަން ޕްލެނެޓް ލެބްގެ ފޮޓޯތަކުން ފެނެއެވެ. ލަފާކުރެވޭ ގޮތުގައި އީރާނުން އެ ސައިޓް ބަނދުކޮށްފައިވަނީ ޔޫރޭނިއަމް ތަކާއެކުގައެވެ. އެހެންނަމަވެސް މިހާރު އެތަކެތި އިސްފަހާނުގެ ސައިޓްގައި ހުރި ކަމަށް ނުބެލެވޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.                                                            

                 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް