އީރާނުގެ އެންމެ ބޮޑު ދުޝްމިނުން އީރާނުގެ ތެރޭގައި

Loading

Facebook
Twitter
WhatsApp

ގައުމެއްގެ ހަލާކު އެ ގައުމެއްގެ ތެރެއިން އުފަން ވެއްޖެނަމަ އެއީ ބޮޑުވެގެންވާ މުސީބާތަކަށް ވެގެން ހިނގައިދާނެއެވެ. މި ޚަބަރައިގެން ކުރިއަށް ދިއުމުން އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި ކަންތައް ހިނގަމުންދާ ގޮތާ ދޭތެރޭ ވިސްނާލުމަށް ސަންދާނު ކިއުންތެރިންނަށް ހަނދާންކޮށްދޭން ބޭނުމެވެ. ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސީ ދިގު މުއްދަތުގެ ތެރޭގައި އަދި އޭގެ ކުރިން ދިވެހި ގައުމުގައި އޮތް ވެރިކަމުގެ ނިޒާމަށްވުރެން މާ މޮޅު ނިޒާމެއް ދޮންމީހުންގެ މަޝްވަރާގެ މަތިން ދިވެހިރާއްޖެއަށް ތަޢާރުފް ކުރެވިގެން ހިނގައްޖެއެވެ. އެ މޮޅު ނިޒާމުން ގައުމަށް އަދި ރައްޔިތުންނަށްލިބޭ ފައިދާއެއް ފެންނާކަށް ނެތެވެ. އަޅުގަނޑުމެންގެ މި ވިސްނުމަށް ތާއީދު ނުކުރާ ބަޔަކު ތިބޭނެއެވެ. 

                      

މިދުވަސްވަރު ގިނަ މީޑިއާތަކެއްގެ އެންމެ ފަލަ ސުރުޚީއަކަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ނަންފުޅު ފެންނާނެއެވެ. 86 އަހަރުގެ އުމުރު ފުޅުގައި އީރާނުގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ޖިހާދު ކުރައްވަމުން ގެންދަވާއިރުވެސް ވެރިކަމުގެ ލައްޒަތުން ބޭރުވީމާ ސިޔާސީ ފަރާތްތަކުން ތިމަތިމާމެންގެ އާލާކަން ފިލުވުމަށްޓަކައި ގައުމެއް ދީނެއް އަދި މަޒްހަބަކަށް ބެލުމެއް ނޯވެއެވެ. ރައްޔިތުންގެ ތެރެއިން ބަޔަކުވެސް އެމީހުންގެ އަތުތެރެއިން ވެއްޓޭ ވަކި ލާރިކޮޅަށްޓަކައި މަންމަގެ ފައްޓަރުބައި ވަގަށް ނަގާކަށްވެސް ޖެހިލުމެއް ނުވެއެވެ. ގައުމެއް ތަރައްގީވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން އެދޭނަމަ ކޮންމެ ލީޑަރަކުވެސް އޭނާގެ ފަހަތްޕުޅުގައި ހޮވާކާންތިބޭ ބަޔަކާ ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ބަދަލުގައި  ސީދާ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި މަޝްވަރާ ކުރާށެވެ. ވެރިމީހާ އެކަން ނުކުރާނަމަ އޭނާލައްވާ އެކަންކުރުވުމުގެ ބާރު ރައްޔަތިން އަތުން ބީވެގެން ދިޔަ ނުދޭށެވެ އަލީ ޚާމަނާއި ވިދާޅުވެފައިވެއެވެ.                              

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ގެންދަނީ އެ ގައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދު ކޮށްލެވުނު ގޮތެއް ހޯދުމަށްޓަކައި މުޅި ގައުމުގައި އަތްފުނާ އަޅަމުންނެވެ. މިހާތަނަށް ގިނަބަޔަކުވަނީ ހައްޔަރު ކުރެވިފައި މެއެވެ.                                                          

އިސްރާއީލުން އީރާނާ ދެކޮޅަށް 12 ދުވަސް ވަންދެން އެމެރިކާގެ ފުރިހަމަ ބައިވެރި ވުމާއެކު ދެމުން ގެންދިޔަ ހަމަލާތަކުގައި އީރާނުގެ އިސް ވެރިންތަކެއް ޝަހީދު ކޮށްލައި އަދި އީރާނާ ދެކޮޅަށް އިސްރާއީލަށް އެހީތެރިވެ ދެމުން ގެންދިޔައީ އީރާނުގެ އެތެރެއިންނެވެ. އެންމެ ފުރަތަމަ ހަމަލާތައް ފެށިގެން ދިޔައީވެސް އީރާނުގެ އެތެރޭންނެވެ. އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތަކަށް ތެޔޮ އަޅާ ދިނުމާއި އީރާނަށް ހަމަލާދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އީރާނުގެ ތެރެއިންނެވެ.                                      

މި މަހު 13 ވަނަ ދުވަގުގެ ރޭ ކުއްލިގޮތަކަށް އިސްރާއިލާއި އެ ގަމުގެ މޮސާޑުން އީރާނަށް ހަމަލާދޭނެ ފެށުމާއެކު އީރާނުގެ ތެރޭގައި ތިބި މޮސާޑުގެ ޖާސޫސުން އީރާނުގެ ކޮންމެވެސް ސިއްރު ހިސާބެއްގައި ތިބެގެން ރެކޯރޑް ކޮންފައިވާ މަންޒަރުތަކެއް މީޑިއާއަށް ފޮނުވަން ފެށިއެވެ. އޭގެތެރެއިން އެއް މަންޒަރެއްގައި އިސްރާއީލުގެ ފައިޓަރ ޖެޓްތަކަށް މަގު އަމާންކޮށް ދިނުމަށްޓަކައި މޮސާޑުގެ ޖާސޫސަކު އީރާނުގެ އެއާރ ޑިފެންސް ހަލާކު ކޮށްލުމަށް ހަތިޔާރު ބޭނުންކުރާތީ ފެނެއެވެ. އެހެން މަންޒަރެއްގައި ސްޕައިކް މިސައިލް އެދުއްސާ މަންޒަރު ފެނެއެވެ. ސްޕައިކް މިސައިލަކީ ވަކި އަމާޒަކަށް މިސްރާބުކޮށް ކައިރިތަންތަނަށް ހަމަލާ ދިނުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އީރާނުން މިހާރު ބަލަމުންގެންދާ އިރު އެ މިސްއިލްތަކުގެ ބައިތައްވަނީ ހޯދިފައެވެ. އަދި އެ ހަތިޔާރުތައް ބޭނުން ކޮށްފައިވަނީ އިންޓަރނެޓްގެ ވަސީލަތް ބޭނުންކޮށްގެން އޮޓޯމެޓިކް ރިމޯޓް ކޮންޓްރޯލުން ކަމަށްވެސް އީރާނުން ބުނެފައި ވެއެވެ. 

މިހާރު ފެންމަތިވަމުންދާ މަންޒަރުތަކުން އީރާނުގެ ސިޔާސަތު އެކަށައެޅުމަށްޓަކައި ލަހުންނަމަވެސް ގިނަ ފިލާވަޅުތަކެއް ދަނީ ލިބެމުންނެވެ. 2020 ވަނައަހަރު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވަރަށް އިސް ބޭފުޅަކު ކަމުގައި ހުންނެވި މުހްސިން ފަޚްރުއްދީން އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޮޑީގާރޑާއެކު އެއްގަމު އުޅަނދެއްގައި ދަތުރުކުރައްވަނިކޮށް ތެހެރާން ކައިރީގައިވާ ރަށެއްގައި ބަޑިޖަހާ ޝަހީދުކޮށްލި ހާދިސާއަށްވެސް އަލިވިލެމުންދާކަމަށް ބުނެފައި ވެއެވެ. އޭރު އީރާނުން ބުނެފައިވަނީ އެމަނިކުފާނު ޝަހީދުކޮށްލުމަށްޓަކައި ބޭނުންކޮށްފައިވަނީ އާރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރިމޯޓްކޮންޓްރޯލް ހަތިޔާރަކުން ކަމަށެވެ. އެހާދިސާއާ ގުޅޭގޮތުން އިސްރާއީލުން ބުނެފައިވަނީ އެއްޓަނުގެ ބަރުދަންހުރި ބަޑިއެއް ރޫޅާލައިގެން އީރާނާއެތެރެކޮށް މުހްސިން ފަޚްރުއްދީން ދަތުރުކުރެއްވި ޕިކަޕްގެ ފަހަތުގައި ހަރުކުރީ ކަމަށެވެ. ފަޚްރުއްދީން ޝަހީދުކޮށްލިހާދިސާގައި ބައިވެރިވި 3 މީހަކު ވަނީ ދަންޖައްސާ މަރާލާފައެވެ.                                     

ޖޫން 13 ވަނަދުވަހުގެރޭ ފެށުނު ހަނގުރާމައިގާ އީރާނުގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި އިސްރާއީލުން ވަނީ ގިނަ އަދަދެއް ޑްރޯން ބޭނުން ކޮށްފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ޑްރޯން ޖައްވުތެރޭގައި ނައްތާލާފައިވާނެކަމަށް އީރާނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އިސްރާއީލުން ބޭނުންކުރި ޑްރޯންގެ އަދަދާއި އީރާނުން ޖައްވުތެރެއަށް ނައްތާލި ޑްރޯންތަކުގެ އަދަދު އަލްޖަޒީރާއަށް އޮޅުން ފިލުވޭ ގޮތެއް ނުވިއެވެ. އިސްރާއީލުން ބުނެފައިވަނީ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން އީރާނުގެ ތެރޭގައި އިސްރާއީލަށް ޑްރޯން އުފައްދައިދީ އަދި  އީރާނަށް ހަމަލާދޭނެ އިންތިޒާމްތައް މިހާރުވަނީ ރޭވިފައި ކަމަށެވެ. ބޭރުތެރޭން އަލް ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮވާތަކެއްޗާއެކު ޕިކަޕްތަކާއި އަދި ބޮން ތަކަކާއެކު ބައެއް މީހުން ވަނީ އަތުލައިގެންފައެވެ. އެހެންނަމަވެސް ރަސްމީގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.                                  

އީރާން ސަރުކާރުން މިހާރު ގެންދަނީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ޖާސޫސުންނާއި އަދި އީރާނުގެ އެތެރޭން ހަމަލާދޭން ބޭނުންކުރި ޑްރޯން ފަދަ ތަކެތި އަތުލައިގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފޮރުވައިގެން ޑްރޯން އުފުލަމުން ގެންދިޔަ ގިނަ އަދަދެއްގެ ޕިކަޕްތައް މިހާތަނަށް ވަނީ އަޔުލައިގެންފައެވެ. އޭގެތެރެއިން ބައެއް މީހުންގެ އިއުތިރާފް އީރާނުގެ ރަސްމީ ޓީ ވީން ވަނީ ދައްކާފައެވެ.

Loading

One Response

  1. ހަމަ މިގައުމަށްވެސް އެހެން މިދިމާވަނީ. މާދުރުން ދުޝްމަނުން ހޯދާކަށް ނުޖެހޭނެއެވެ. އެންމެކައިރީގަައި ސަނާކިޔައިގެން އުޅޭމީހާ ބޯވައެއްހެން ކުލަބަދަލުކޮށްލާ ނޫންތޯއެވެ. އައި ވޯންޓް ސަމް ކޭޝް! އެ ވިކުނީ އެވެ. އޭނާގެ މަދަރ ލޭންޑަކަށް ވަފާތެރި ނުވެވޭތަނުގެ ގަބޫލު ކޮށްގެން ހުންނަ ދީންވެސް ވިއްކާލަނީއެވެ. ގިނަބޭކަލުން ވިދާޅުވަނީ ފަހުޒަމާނުގެ ޢަލާމާތެއް ކަމަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް