ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ނިންމަވައިފި

Loading

Facebook
Twitter
WhatsApp

ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަންހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައްޔާއި އަދި ޚާއްޞަކޮށް މެހުމާންދާރީ އަދާކުރުމުގައި، އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއް، ދިވެހިރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ، ޙަލާލު ޓޫރިޒަމްގައި ބައިނަލްއަޤުވާމީ ފެންވަރުގައި އިސް ސަފުގައި ފައިހަމަކޮށް، އެ ދާއިރާއިން އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ބަލާ ޤައުމަކީ ރާއްޖެ ކަމުގައި ހެދުމަށް“ ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ މި މަސައްކަތުގައި ވުނޭރުންނަށް ހިތްވަރު ދިނުމަށްޓަކައި ބޮޑެތި އިންސެންޓިވްތައް ނުވަތަ އިނާޔަތްތައް ފޯރުކޮށްދެވޭނެ ކަމަށާއި ރާއްޖެ ވުނަކުރުމަށް ހުޅުވާލާފައިކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވުނޭރުންނަށް ރާއްޖެއިން މަރުޙަބާ ކިޔާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް