އިސްރާއީލުން އީރާނާ ދެކޮޅަށްކުރި ހަނގުރާމައިގެ މިލިޓްރީ އިލްމީ ދިރާސާއެއް

Loading

Facebook
Twitter
WhatsApp

ޒަމާންތަކަކަށް އިސްރާއީލުން ދުނިޔެއަށް ދައްކަމުން ގެންގޮސްފައިވަނީ އެ ގައުމާ ނުކުޅެވޭނެ ކަމެވެ. އެ ގައުމުގެ ހައިބަތާއި ބާރުގަދަކަމެވެ. އެ ގައުމުގެ ރައްޔިތުންނަކީ އެހެން އިންސާނުންނަށްވުރެން މާތް ބައެއް ކަމެވެ. އިސްރާއީލު އާރާއި ބާރުގެ ފަހަތުގައި ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ އޮތީ ބޭނުންވި ކޮންމެ ކަމަކަށް އާއެކޭ ބުނާށެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް އިސްރާއީލުގެ މި މެސެޖް ވަނީ ޢާންމުކޮށްފައެވެ. ގައުމުތަކުންވެސް ދިޔައީ އެއްވެސް ޝައްކަކާނުލައި އެ މެސެޖް ގަބޫލު ކުރަމުންނެވެ. ހަގީގަތަށް ކުރިމަތިލުމުގެ ހިތްވަރު އެއްވެސް ގައުމަކަށްނެތް ކަހަލައެވެ. ހަގީގަތް ހާމަވެގެންދާނީ ފެންނަ މަންޒަރުތަކާއި އަދި އިވޭ އަޑުތައް ވަޒަން ކޮށްގެންކަން އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ.                                               

އިސްރާއީލާއި އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމަ މިލިޓްރީ އިލްމާއި އަދި ތާރީޚީ ނަޒަރަކުން މުތާލިއާކުރެއްވި ކަމުގެ މާހިރުންތަކެއްގެ ދިރާސާގައި ހާމަކުރައްވާފައިވާ މުހިންމު ނުކުތާތަކެއް ސަންދާނުގެ ކިއުންތެރިންނަށް ގެނެސްދިނުމަށް މި ފުރުސަތުގެ ބޭނުންކުރަން ގަސްދުކުރީއެވެ.  އެ ބޭފުޅުންގެ ދިރާސާ ފައްޓަވަމުން ވިދާޅުވެފައި ވެއެވެ. ދާއޫދުގެފާނު ހަނގުރާމައިގެ މައިދާނުގައި ޖާލޫތާ ދިމާވުރެއްވީ ބާރުގަދަ ބިޔަ ލަޝްކަރެއް ފަހަތްޕުޅުގައި އޮވެގެނެއްނޫނެވެ. ހިތްޕުޅުގައި އޮތް ވަރުގަދަ އަޒުމަކާއި މިހާރުގެ ބަހުން ބުނާނަނަމަ ހިކްމަތްތެރި ސިޔާސަތަކާއެކުގައެވެ.                                                       

މެދުއިރުމަތީގައި އިސްރާއީލުގެ ކިބުރުވެރިކަން ހާމަކޮށްދެމުން ދިޔައީ އަހަރެމެންނާ ނުކުޅެވޭނެ ކަމަށް ބުނަމުންނެވެ. މި ހުރިހާކަމެއް ހަމައެކަނި އެންމެ ރެއެއްގައި ފުނޑުފުނޑުވެގެން ހިގައްޖެއެވެ. އިސްރާއީލުން މި ހަގީގަތާ ކުރިމަތިލާން ޖެހުނީ ބާރުގަދަ ގިނަ ހަތިޔާރު ތަކަކުންނެކޭ ބުނުމަށްވުރެން ސީދާ އަމާޒަށް ދިން ހަމަލާތަކަކުންނޭ ބުނުން ރަނގަޅުވާނެއެވެ. ހުރިހާ ހަމަލާތަކެއް އެއްފަހަރާ ނިންމާލާކަށް އީރާނުން ބޭނުމެއް ނުވިއެވެ. އީރާނުގެ އަމާޒަކަށްވީ ރަނގަޅު ވަގުތުގައި ރަނގަޅު އަމާޒަށް ރަނގަޅު މިންވަރަށް ހަމަލާ ދޭށެވެ. އީރާނުގެ މިސައިލް ހަމަލާތައް އިސްރާއީލަށް އަމާޒު ކުރަމުން ގެންދިޔައީ އެ ގޮތުގައެވެ. އެ ހަމަލާތަކުގައި ބިމާ ހަމަވެގެން ދިޔައީ ބިޔަ އިމާރާތްތަކެއް ނޫނެވެ. ފުނޑުފުނޑުވެގެން ދިޔައީ އިސްރާއީލުގެ އިމެއްނެތް ކިބުރުވެރިކާއި ބޮޑާކަމެވެ. އެ ރޭ އިސްރާއީލުގެ ޝަހަރުތަކުން އިވެމުންދިޔަ ސައިރަންގެ އަޑަކީ ސިފައިންގެ ތަމްރީނުތަކެއް ހިނގަމުން ގެންދާކަމުގެ އިންޒާރެއް ނޫނެވެ. ހަގީގީ އިންޒާރަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ބިރުވެރި އިންޒާރުގެ އަޑުފައްގަނޑެވެ. އިސްރާއީލަށް މިލިޓްރީގޮތުން ވައިގެ މަގުން ހަމަލާއެއް ނުދެވޭނެކަމުގެ ޔަގީންކަން ލިބިދީފައިވާ މަޝްހޫރު އަޔަންޑޯމް ފޫ އަޅުވާލައި ހަމަލާތައް އިސްރާއީލުގެ ބިމަށް އޮހިގަތީ އެ ވަރުގަދަ އަޔަންޑޯމްގެ ބޭނުން ކަނޑުވާލާފައެވެ. ހަމައެކަނި މަދު ހަމަލާތަކެއް އަމާޒުވުމުން އިސްރާއީލުގެ ގަދަފަދަކަމަށް އިއުލާންކުރަމުންގެންދާ އަޔަންޑޯމާ ދޭތެރޭ ދުނިޔެ ސުވާލު ކުރަން ފެށިތަން ފެނިގެން ދިޔައެވެ. ހިތްވަރުގަދަ ކަމާއި ބާރު ކިބުރުވެރިކަމާ އަދި މޭ ފުއްޕުން ހިސާހިތަކު އޮޅުންބޮޅުން ގަނޑަކަށް ބަދަލުވެގެން ދިޔަތަން ފެނުނެވެ. ދުނިޔޭގެ ސިކުނޑިތަކާކުޅެމުންދިޔަ އިސްރާއީލުގެ ބާރުވެރިކަން ހުރި މިންވަރު ދުނިޔޭގެ ކުރިމަތީގައި ބޭޒާރު ވެގެން ދިޔަގޮތް ހާމަވެއްޖެއެވެ. އިސްރާއީލު ބޭޒާރުވެގެން ދިޔައީ އީރާނުގެ ހަމަލާއަށްވުރެން ބޮޑަށް އީރާނުގެ ކެރުމާއި އަޒުމްގެ ކުރިމަތީގައެވެ. އީރާނުން ރުޅިވެރިކަމުގެ ބޮޑާ ބަސްތަކެއް ބޭނުމެއް ނުކުރެއެވެ. އީރާނުން ސާބިތުކޮށްދިނީ އީރާނުގެ ހަމަލާތަކުން އިސްރާއީލު ސަލާމަތް ވުމަށް ނުކުޅަދާނެ ވެފައިވާނެ މިންވަރެވެ. އީރާނުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލަށާއި އެގައުމުގެ މަދަދުގާރުންގެ ޔަގީންކަމުގައި އެޅިގެންދިޔަ ޝައްކުގެ ގިނަ ރެނދުތަކެވެ. ޝައްކުގެ ރެނދުތަކުން ފަޅަފަޅައިގެން ދިޔައީ އިސްރާއީލާ ނުކުޅެވޭނެކަމަށް ބުނަމުން ދިޔަ އީމާން ކަމެވެ. ދާއޫދުގެފާނު ޖާލޫތުގެ ކުރިމައްޗަށް ނިކުމެވަޑައިގަތީ ބަރުހަތިޔާރާއެކުގައެއް ނޫނެވެ. އޭނާ ބަލިކުރުމަށް ބޭނުންވަނީ ކޮން ހަތިޔާރެއްކަން އަދި އޭގެ ބޭނުންކުރާނެ ގޮތާއި ވަގުތު ދެނެވަޑައިގެން ހުންނަވާފައެވެ. މިއީ ފުރިހަމަ ސިޔާސީ ރޭވުންތެރިކަމުން ކިބުރުވެރިކަމާއި ބޮޑާކަމުގެ ބަދަލު ލިބިގެންދާ ގޮތުގެ ދިރިހުރި މިސާލެކެވެ.             

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އީރާނުން ދިން ހަމަލާގައި އިސްރާއީލަށް ލިބުނު ގެއްލުންތައް އޮތީ ސިއްރު ކޮށްފައެވެ. އެހެންނަމަވެސް އީރާނަކީ އިސްރާއީލުގެ ކުރިމަތީގައިއެއްވެސް ބާރެއް ނޫންކަން ދައްކަން ހަދަމުންދިޔަ ދޮގު ދުނިޔެއަށް ބޭޒާރު ކޮށްލުން ސިއްރެއް ނުކުރެވުނެވެ އެރޭ ދުނިޔެއަށް ހާމަވެގެންދިޔައީ އިސްރާއީލުގެ ގަދަފަދަ ކަމެއް ނޫނެވެ. އިސްރާއިލުން ދުނިޔެއަށް ހާމަކުރަމުންދިޔަ ބާރުގެ މިންވަރާއި ފެންވަރުގެ ހުދޫދެވެ. އީރާނުން ދިނީ ވަރުގަދަ ހަމަލާއަކަށް ވުރެން ބޮޑަށް ވަރުގަދަ މެސެޖެކެވެ. ކޮންމެ މިސައިލެއް ބޭނުންވާ އަމާޒަށް ފޮނުވާލުމުގެ ނުރައްކާތެރި މެސެޖެވެ. ރުޅިވެރިކާމައި ނަފުރަތު އެއްފަރާތްކޮށް ގައުމުތަކުގެ އަމާންކަމާއި ސިޔާދަތަށް އިހްތިރާމް ކުރަން ދަސްކުރުމުގެ މެސެޖެވެ. މިހާރު ބޭނުންކުރާ ރަތްރޮނގު ހުރަސްކުރުމުން ހަމަހިމޭނުން އީރާން ނޯންނާނެކަމުގެ މެސެޖެވެ. ކިތަންމެ ބޮޑު ފިއްތުން ތަކެއްގެ ކުރިމަތީވެސް އިސްދަށަށް ނުޖަހާނެ ކަމުގެ މެސެޖެވެ.

އެ ދުވަހަކީ މީޑިއާތަކުން ހަދަމުން ދިޔަ ދޮގުތައް ފަޅާއަރުވާލަން އީރާނުން ބޭނުންވި ދުވަހެއް ނޫނެވެ. އީރާނުން ބޭނުންވީ މީޑިއާގެ ކުރިމަތީގައި ހިންދެމިލާށެވެ. މީޑިއާތަކުން ހަދަމުން ގެންދިޔަ ދޮގުތައް ފަޅާއެރުމުން މީޑިއާ ފަހަތުން ދުވާކަށް އީރާނުން ބޭނުމެއް ނުވިއެވެ. ހަމައެފަދައިން އީރާނުގެ މުލައްދަނޑީ ބާރުހުރި މިންވަރުގެ ވާހަކަ ދައްކާކަށްވެސް ބޭނުނެއް ނުވިއެވެ. އީރާނުން ދޭންބޭނުންވި މެސެޖަކީ އަހަރެމެންނަކީ ފިނޑިންނެއް ނޫނެވެ. އަހަރެމެންގެ ގައުމު ދެމި އޮންނާނީ މިނިވަން އަދި ފަޚުރުވެރިކަމާއެކުގައެވެ. އަހަރެމެންގެ ސިޔާސަތު އެކަށައަޅާނީވެސް އަހަރެމެންނެވެ. އަދި އެ ސިޔާސަތުގެ މަތީގައި އަހަރެމެން ދެމިތިބޭނަމެވެ.             

އިސްރާއީލާ ދެކޮޅަށް އީރާނުން ހަނގުރާމައެއް ނުކުރަމެވެ. އިސްރާއީލުގެ ޣައިރު ގާނޫނީ ހަމަލާތަކުން އީރާނު ދިފާއުކުރުމަށްޓަކައި އަޅަންޖެހުނު ފިޔަވަޅުތައް އެޅީއެވެ. ކުރިއަށް އޮތަތަނުގައިވެސް އެކަން އެގޮތުގެމަތިން ދެމިގެން ދާނެއެވެ. އީރާނުން ފަހަތަކަށް ނުޖެހޭނެއެވެ. ވިސްނުންތެރި ކަމާއެކު ތިމަތިމާމެންގެ ހިތްވަރުގެ ބޭނުންކުރުން ކާމިޔާބީއަށް ވާސިލުވުމަށް މަގުފަހިކޮށްދޭނެއެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް