އީރާނުން މަޝްވަރާއަށް ތައްޔާރު, އެކަމަކު ނިއުކްލިއަރ ހަކަތައިގެ ވާހަކަ ނުދެއްކޭނެ

Loading

Facebook
Twitter
WhatsApp

އީރާނުގެ ތާރީޚް އެނގޭނަމަ އެއްވެސް ޒަމާނެއްގައި އީރާނުން ބަހުގެ އިންޒާރަށް ބޯލަނބާފައި ނުވާނެކަން އެނގެން ޖެހޭނެއެވެ. މިއަދު އަދި މާދަމާވެސް އީރާނުން އިންޒާރަށް ބޯ ނުލަނބާނެ އެވެ. އީރާން ދެމި އޮންނާނީ ޝަރަފްވެރި މިނިވަން ގައުމެއްގެ ގޮތުގައެވެ. ޣުލާމީ އަކީ އީރާން ދަންނަ ބަހެއް ނޫނެވެ. އާޔަތު ﷲ އަލީ ޚަމަނާއި ވިދާޅުވެފައި ވެއެވެ. 

އިސްރާއީލާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ރައީސް ޓްރަމްޕް އިއުލާންކުރެއްވިފަހުންވެސް އީރާނުން އިސްރާއީލަށް ހަމަލާދީފައިވާ ކަމަށާއި އަދި އިސްރާއީލުންވެސް އީރާނަށް ހަމަލާދީފައިވާކަން ރައީސް ޓްރަމްޕް ވަނީ ވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ. ޖަވާބުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި އީރާނުން އިސްރާއީލަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި އިސްރާއީލުން ދެމުންގެންދިޔަ ހަމަލާތަކުން އީރާނު ދިފާއު ވެގަތީ ކަމަށެވެ. އީރާނުން ދެކޭ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން އިއުލާން ކުރެއްވުމަކީ ރައީސް ޓްރަމްޕް އެ މުއްދަތުގައި އީރާނުން އަތް އުރާލައިގެން ތިބޭނެ ކަމަށް ހީފުޅުކުރައްވައި އިސްރާއީލުން އިތުރު ހަމަލާތަކެއް ދިނުމަށް މަގު ފަހިކޮށް ދެއްވުމެކެވެ. އެހެންނަމަވެސް އީރާނުން އެ ފުރުސަތު ނުދީ އިސްރާއީލުން ހަނގުރާމަ ހުއްޓާލާފައި އެނބުރި ދާންދެންހަމަލާތައް މެދުކަނޑާ ނުލާ ކުރިއަށް ގެންދިޔައީއެވެ. އީރާނުން އިސްރާއީލުގެ ބީރް ޝެބާއަށް ދިން ހަމަލާ އޭގެތެރޭގައި ހިމެނެއެވެ.                                                               

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުމާމެދު ކުރިއަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ގޮތެއް ނިންވާނެ ކަމަށް ވިދާޅުވި ރައީސް ޓްރަމްޕް ހައެއްކަ ގަޑިއިރުތެރޭގައި އައިސް އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް 30000 ރާތަލުގެ ބިޔަ ބޮންތަކެއް އަޅާލީ މިދިޔަ ހޯމަ ދުވަހު ރޭގަނޑު ގައެވެ. އެ ހަމަލާގެ ބަދަލުގައި އީރާނުން ހަމަލާދީ ގަތަރުގައި ހުންނަ އެމެރިކާގެ އެއާރބޭސް ބިމާހަމަކޮށްލިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ އީރާނުގެ ހަމަލާގައި ބޭނުންކޮށްފައިވަނީ ކުރު ރާސްތާއާއި މެދު ރާސްތާގެ ބެލިސްޓިކް މިސައިލް ކަމަށެވެ.           

އީރާނުން ހަމަލާ ދޭނެކަން ކުރި އަންގާފައި އޮތުމާއި އަދި ހަމަލާ ދިނުމުގައި ބާރުގަދަ ހަތިޔާރުވެސް ބޭނުންކޮށްފައިނުވާތީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާން ސަރުކާރަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ.                                                             

އެމެރިކާއާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭގޮތުން އީރާނުގެ ރައީސް ވިދާޅުވެފައިވަނީ އީރާނުން ކުރިއަށް ގެންދާ ނިއުކްލިއަރ ހަކަތައިގެ ވާހަކަތައް ނުހިމެނޭގޮތުގައި މަޝްވަރާ ތަކައިގެން ކުރިއަށް ދިއުމަށް އީރާނުން އިންކާރު ނުކުރާނެކަމަށެވެ.                                                      

ފާއިތުވެގެން މިދާ ދެތިން ފާއިތުވެގެން މިދާ ދެ ތިން ދުވަހަކު މީޑިއާތަކުގެ އެންމެބޮޑު ސުވާލަކަށް ވެފައިވަނީ  އީރާނުން ފައްކާކޮށްފައިހުރި ޔުރޭނިއަމް ދިޔަ ތަނެކެވެ. އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން 30000 ރާރަލުގެ ބިޔަ ބޮމުގެ ހަމަލާއާ ގުޅޭގޮތުން މަޝްހޫރު ސައިންސް ވެރިންގެ ރައުޔަކީ އެމެރިކާގެ ހަމަލާއިން އީރާނުގެ ބަންކަރ ހަލާކު ކޮށްނުލެވޭނެ ކަމަށެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޓޮރޮންޓޯގައި ހުންނަ އެޑްވާންސް މެޓީރިއަލް ޑިވެލޮޕްމެންޓްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކެވި ޔުނިވަރސިޓީ އޮފް ލީޑްސްގެ ކޮންކްރީޓާ ބެހޭ ތަޖްރިބާކާރު ގްރެގޮރީ ވާރނަޓޯވް ( ޕީ އެޗް ޑީ ) ވިދާޅުވެފައިވަނީ ބިންގަރާސްތައް ބިނާކުރުމުގައި ފުރަތަމަ ބޭނުންކުރި  ސްޓްރެންތުގެ މިންގަނޑު ކޮންމެ އަކަ އިންޗިއަކަށް 5000 ރާތާ، ފަހުން ވަނީ ކޮންމެ އަކަ އިންޗިއަކަށް 10000 ރާތަލަށް އިތުރު ކޮށްފައެވެ. އަދި މިހާރު ބޭނުންކުރެވޭ މިންގަނޑަކީ ކޮންމެ އަކަ އިންޗިއަކަށް 40000 ރާތަލެވެ. މި މަންގަނޑުން ބަލާއިރު އެމެރިކާގެ ހަމަލާގައި 30000 ރާތަލުގެ ބޮން ބޭނުން ކުރުމަކުން އީރާނުގެ ބަންކަރ އަށް ބޮޑު ގެއްލުމެއް ލިބުން އެކަށީގެނެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް