ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ދެންމެ ބުނީ މި ނިންމުން ނިންމާފައި ވަނީ މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ.
މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި ރިއާޔަތްކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އެގޮތުން ފަތިސް ނަމާދުގައި ބަންގިއާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި ޢަޞުރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި 8 މިނެޓު އަދި ޢިޝާ ނަމާދުގައި 10 މިނެޓުކަމަށް ވަނީ ކަނޑައަޅާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ނިންމުން މިހާރު ކައުންސިލްތަކަށް އަންގާފައިވާ ކަމަށާއި މިގޮތަށް ކަނޑައަޅާފައި ވަނީ މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި ބަންގިއާއި ގަމަތާއި ދެމެދު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
![]()

One Response
Ehen nahadaa. Fasiru kuramundaa fas namaaduge therein baeh namaadu madukoh reyakaaduvaalah eh namaadey kuranjeheni kiyaa gaanoonuge badalukohbbala. Maareethivaane 28 ge inthikhaabuves kazzaabuge ah kaamiyaabu kurumah vote libeyne. Kihaabodu museebaatheh den. Mi balhunnaahure.