އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް އެމެރިކާ ޚާރިޖިއްޔާގެ ކުރީގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އެ ވިދާޅުވިއެއްޗެއްގެ އެއްވެސް ހެއްކެއް ދެއްކިފާ ނެތްކަމަށެވެ. ރައީސް ބައިޑްންގެ ރިޔާސަތުގައި އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކަށް ހުންނެވި ނެޑް ޕްރައިސް ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބަންދުކުރެވެން އޮތް ހަމައެކަނި މަގު ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ވަނީ ބޮޑެތި ބާރުތަކުން އީރާނާއެކު ވެފައިވާ އެއްބަސްވުމުން ވަކިވުމުގެ ސަބަބުން ނައްތާލާފައެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވާފަދައިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ވާހަކަ އިސްރާއީލުގެ ބޮޑުވަޒީރުވެސް ބުނެފައެއް ނެތެވެ.
އިސްރާއީލުން އަލްޖަޒީރާ ރިޕޯރޓްކުރުން މަނާކޮށްފައި އޮތުމުގެ ސަބަބުން އަލްޖަޒީރާ އިން މިހާރު ރިޕޯރޓްކުރަމުން ގެންދަނީ ޖޯރޑްން އިންނެވެ.
ހަނގުރާމައި އެންމެ ފަހުގެ ޚަބަރުތަކުގައި ރިޕޯރޓްކޮށްފައިވާ ގޮތުން އީރާނުގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ރައްޔިތުން ބިންގަރާސްތަކުން ނުނިކުތުމަށް އެ ގައުމުގެ ސަރުކާރުންވަނީ އަމުރު ކޮށްފައެވެ.
އިސްރާއީލުގެ މިލިޓްރީން ބުނެފައިވަނީ އީރާނުގެ 3 ވަނަ ބެލިސްޓިކް މިސައިލް ހަމަލާ ދެނެގަނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ހަމަލާގައި ކިތައް މިސައިލް ހިމެނޭ ކަން އަދި މިހާތަނަށް އޮޅުން ނުފިލާކަމަށެވެ. ފުރަތަމަ ހަމަލާގެ 2 ރައުންޑު ދެކުނު އިސްރާއީލުގެ 7 ބުރީގެ އިމާރާތަކަށް އަމާޒުވެފައިވާކަމަށާއި ތިންމީހަކު ވަރަށްބޮޑަށް ޒަޚަމް ވެފައިވާ ކަން ހާމަކޮށްފައި ވެއެވެ. މިހާރު އެ 3 މީހުން މަރުވެއްޖެ ކަމަށް އިސްރާއީލުގެ ވައި-ނިއުސް އިން ރިޕޯރޓް ކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމެއް ރޭ ފަތިސްވާންދެން ކުރިއަށް ގެންދިޔަ ކަމަށް ޖެރޫސަލަމް ޕޯސްޓުން ރިޕޯރޓްކޮށްފައި ވެއެވެ. އަދި އެއްވެސް މިނިސްޓަރަކު މީޑިއާއަށް މައުލޫމާތު ނުދިނުމަށް ބޮޑުވަޒީރު އެންގެވިކަމަށްވެސް ވެއެވެ.
އީރާނުގެ ހަމަލާތަކާ ގުޅިގެން މީސްތަކުން މަގުތަކަށް ނިކުތުމެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވަމުން ގެންދާ މަންޒަރު ވަނީ އާންމު ވެފައެވެ. އެންމެފަހުގެ ޚަބަރުތައް ބުނެފައިވާގޮތުގައި އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމްޕްގެ މަޝްވަރާ ގަބޫލުކޮށް އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އެއްބަސް ވެއްޖެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އިސްރާއީލުން ބޭނުންވި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލު ކުރެވިއްޖެ ކަމަށެވެ.
އިސްރާއީލު ސަރުކާރުން ބުނެފައިވަނީ އެ ގައުމުގެ ހަމަލާތައް ހުއްޓާލަން އެއްބަސް ވެފައިވާނީ 2 ޝަރުތެއްގެ މައްޗަށް ކަމަށެވެ. ފުރަތަމަ ޝަރުތަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް އެއްކޮށް ނައްތާލުމެވެ. ހަނގުރާމަ ފެށުމުގެ ކުރިން އީރާނުގައި 3 ހާސް ވަރަކަށް ބެލިސްޓިކް މިސައިލް ހުރިކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް އީރާނުގައި 28000 ބެލިސްޓިކް މިސައިލް ހުރިކަން މިހާރު އެނގިއްޖެ ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ހަނގުރާ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ވާހަކަ ރައީސް ޓްރަމްޕް އެ ދައްކަވަނީ ދޮގު ހަދައިގެން ކަމަށާއި އީރާނުން އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް އިސްރާއީލުން މިރޭ ފަތިހު 4 އާ ހަމަޔަށް އެއްވެސް ހަމަލާއެއް ނުދޭނަމަ އީރާނުން ހަމަލާ ނުދޭނެކަމަށް ވިދާޅުވިއެވެ. އެކަމަކު މިވަގުތުވެސް އިސްރާއީލުގެ ހަނގުރާމަ މަތީ ޖެޓްތައް އީރާނުގެ މަތިން އުދުހެމުން އެބަ ގެންދާ ކަމަށް ވިދާޅުވިއެވެ.
![]()
