މަޝްރަހު ހޫނުވެފައިވާތީ މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާތީ، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީ އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާކަން ހާމަކޮށްފިއެވެ.

މިކަންހާމަކުރައްވާ ވަޒީރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހިންގެ ހާލު ގާތުން ބަަލަމުން އަންނަ ކަމަށެވެ.

އަދި އެ ގައުމުތަކަށް މި ވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެ ޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ޚަލީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރޭގެ ވަގުތެއްގައި އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކަކާއި ގުޅިގެން އެ ސަރަހައްދުގެ މަޝްރަހު ވަނީ ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދުވެސް ބަންދުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް