ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޝެއިހް އަވަހާރަވީ މެލޭޝިޔާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މެލޭޝިއާގެ އެއާޕޯޓަށް ފޭބި ތަނާއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި ޝެއިހް ފަރީދަކީ ޝެއިހް އަލީ ޒައިދުގެ ކޮއްކޮ އެވެ.