އަޅުކަންތައް ކުރުމުގައި إخلاص ތެރިކަން ބޭނުންވޭ

Loading

Facebook
Twitter
WhatsApp

 اللهއަށް ކިޔަމަން ތެރިކަން އަދާ ކުރުމުގައްޔާއި އެ إله އަށް އަޅުކަން ކުރުމުގައި إخلاصތެރިކަން ނެތިއްޖެނަމަ އެ ކަމެއް قبول އެއް ނުކުރެވެއެވެ. الله ގެ ޙަޟުރަތުން އައިސްފައިވާ قدسي  حديث އެއްގައި  رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވިއެވެ.

رَوَى مُسْلِم ٌعَنْ أَبِي هُريْرَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «قَالَ اللَّه تعَالى: أنَا أغْنى الشُّرَكَاءِ عَنِ الشِّركِ، منْ عَملَ عَمَلا أشْركَ فيهِ مَعِى غَيْرِي، تَركْتُهُ وشِرْكَهُ». މާނައީ: މާތްالله ރުއްސުންލެއްވި أبوهُريْرَةގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރައް ވަނިކޮށް ތިމަން އަޑުއެހީމެވެ. އެ ކަލޭގެފާނު حديثކުރެއްވިއެވެ. اللهُ سُبْحَانَهُ وَتَعَالى وحيކުރެއްވިއެވެ. ތިމަންއިލާހު ވޮޑިގެންވަނީ شريكކުރާ މީހުންގެ شريكކުރުމުން ހުސްތާހިރުވެވޮޑިގެންނެވެ. މީހަކު عملއެއް ކޮށް އެ ކަމުގައި ތިމަންإله އާއި އެހެންފަރާތެއް ބައިވެރިކޮށްފި ނަމަ ތިމަންއިލާހު އެ މީހަކާއި އަދި އެ މީހަކު شريكކުޅަކަމަކާއިއެކު ދޫކޮށްލައްވަމެވެ. އެ ބަހީ އެ ކަމުގެ ثوابން އެ މީހަކު މަހުރޫމުކުރައްވައި އަދި އެ عملއެއް باطلކުރައްވަމެވެ.

އެހެންކަމުން مسلمން ކުރާ ކޮންމެ ހެޔޮކަމެއް ކުރަން ޖެހޭނީ އިޚްލާސްތެރިކަމާއެކުގައެވެ. މިސާލަކަށް އަޅުކަންކުރުމުގައި ކުރިމަތިލާހުށީ ޢާލަމުތަކުގެ ވެރި ﷲ އާއިއެވެ. އެ ގޮތުން خشوع ވެރިކަމާއި އެކު  ނަމާދު ކުރުން ހުއްޓެވެ. އަދި މަޑުމައިތިރިކަމާއެކު ނަމާދުކުރުން ހުއްޓެވެ. އަދި ހަމަހިމޭން ކަމާއެކު ނަމާދުކުރުން ހުއްޓެވެ. އަދި ދެން ހުރި ހުރިހާ އަޅުކަމެއް ވެސް ކުރާހުށީ ހަމައެކަނި اللهގެ حضرةން ދަރުމަ އެދިގެންނެވެ. މީސްތަކުން އޭނާއަކީ ނަމާދުކުރާ މީހެކޭ ނުވަތަ  زكاة ދޭ ނުވަތަ ރޯދަހިފާ މީހެކޭ ބުނުވާކަށެއް ނޫނެވެ. ހަމައެކަނި الله ގެ وجهފުޅަށް ޓަކައިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް