ވިލިމާލޭގައި ތަރައްޤީކުރަން ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ.
މި ރަސްނިއްޔާތުގައި މިިނިސްޓަރ އޮފް ހެލްތު އަބުދުالله ނާޒިމް އިބްރާހީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ޞިއްޙީ ވުޒާރާއާއި އައިޖީއެމްއެޗްއާ ގުޅިގެންވަނީ މަސައްކަތް ކޮށްފައެވެ.
![]()
