ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ އެތައް ޒަމާނަކުއްސުރެން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުކަމަށް އޮންނަނީ ގަބޫލު ކުރުވާފައެވެ. އެމެރިކާއިން ނަގާ ދަރަނި ކޮންމެ ވަގުތެއްގައިވެސް އަދާ ކުރެވިދާނެއެވެ. ހަގީގަތަކީވެސް ހަމަ އެއީ ބާވައެވެ!
ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިންވެސް އިންޓެރެސްޓާއެކު ފަހުން ފައިސާ ދައްކާގޮތަށް ޓްރެޒަރީ ބޯންޑް އާއި ބިލް އާއި އަދި ސެކިއުރިޓީސް ވިއްކުމަކީ ކުރަމުން ގެންދާ ކަމެއް ކަމުގައި ޑީއެންއޭ އިންޑިއާ.ކޮމްގެ ރިޕޯރޓުގައި ބުންފައިވެއެވެ. މާލީ ގޮތުން ކުރެވޭ މި މުއާމަލާތުތައް ބެލެވިފައިވަނީ ދަރަނީގެ އެއްބަސްވުން ތަކެއްގެ ގޮތުގައެވެ.
ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ވިއްކި މިބާވަތުގެ މާލީ އެއްބަސްވުން ތަކުގައި 216 ބިލިއަން އެމެރިކާ ޑޮލަރ އިންޑިއާއިންވެސް ވަނީ އިންވެސްޓް ކޮށްފައެވެ. މި އިންވެސްޓްމެންޓް ތަކުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް މަންފާ ކުރުމާއެކު އިންޑިއާގެ ބޭރު ފައިސާގެ މާލީ ހާލަތުވެސް ވަރުގަދަ ވެގެންދާނެ ކަމަށް ބެލެވޭތީއެވެ. އެމެރިކާ ޑޮލަރަކީ ދުނިޔޭގެ އިގްތިސާދުގައި އެންމެ ބާރުގަދަ ފައިސާ ކަމުގައި ބެލެވުނަސް އެމެރިކާގެ ދަރަނި 34 ޓްރިލިއަން ފަހަނަޅައި ގޮސްފައިވާއިރު މިއި ރަނގަޅަށް ނުވިސްނާ އަވަސް އަރުވާލައިގެން ކުރި އިންވެސްޓްމެންޓްތަކަކަށް ވުން ކައިރިއެވެ.
އަޅުގަނޑުމެންގެ ގައުމުގައި ދަރަނީގެ މައްޗަށް ދަރަނި ނަގަމުންގޮސް މުސްތަގްބަލްގެ ޖީލުތައް ދަރަނިން ސަލާމަތް ނުވެވޭނެ ކަމުގެ ބިރުވެރިކަން އާންމު ވެފައިވާއިރު ދުނިޔޭގެ އެންމެ ބިޔަ އިގްތިސާދު ހާލަތަކީ މިއީއެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި 2020 ވަނަ އަހަރު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ދަރަނީގެ ނިސްބަތަކީ ބޮލަކަށް 72309 އެމެރިކާ ޑޮލަރެވެ. އެމެރިކާއާއި އަޅުގަނޑުމެންގެ ތަފާތަކީ އަޅުގަނޑުމެންގެ ދަރަނި ނުދައްކާ ފަރުޖެހޭނެ ގޮތެއް ނޯންނާނެއެވެ. އެމެރިކާގެ ދަރަނި އަދާނުކުރިޔަސް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.