މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މޭ މަހުގެ 28 ވަނަ ދުވަހު ހިންގި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޝަރިފް އުއްދީން، ބަންގްލަދޭޝް (37އ) އާއި މަނިމަރަން ރަވީޗަންދްރަން، އިންޑިއާ (24އ) ކަމަށް އެ ޚިދުމަތުން ބުނެއެެވެ.
ފުލުހުން ބުނީ، ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500އެމްއެލްގެ 25 ފުޅިއާއި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ލީޓަރުގެ ހަތަރު ފުޅިއާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނާއި، އެ މީހުން އަމިއްލައަށް އުފައްދާފައިވާކަމަށް ބެލެވޭ ބަނގުރާ އަޅާފައިހުރި ބާލިދީތަކެއް ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް، މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
![]()
