ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައި: ރައީސް

Loading

May 28, 2025
profile
Facebook
Twitter
WhatsApp

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރޭން ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިއަދު މި ފެށުނު މަސައްކަތުގެ ސަބަބުން ޒަމާންވީ މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.

ބަންދަށް ލުއި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މޭ މަހުގެ 21ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުޅުވާލާފައެވެ.

މިގޮތުން ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި، އެ މީހުން މޮނިޓަރ ކުރެވޭނެ ގޮތަށް ޝަރުތުތަކަކާއެކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ޚާއްޞަ އެސެސްމަންޓެއް ތައްޔާރުކުރެވޭނެ ކަމަށާއި، އެސެސްމަންޓަށްފަހު، ބަންދަށް ލުއި ދެވޭނެކަމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނެފައިވަނީ ބަންދަށް ލުއި ދެވޭނީ އެސެސްމަންޓް އެ އޮފީހަށް ލިބުމުން، އޭގައިވާ ކަންކަމަށް ރިޢާޔަތްކޮށް ބަންދަށް ލުއި ދެވިދާނެކަމަށް އެ އޮފީހަށް ފެންނަނަމަ، ބަންދު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހަޅައިގެން ކަމަށެވެ.

އެގޮތުން ލުއި ދެވޭނީ ގާނޫނު ނަންބަރު: 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު)ގެ 66 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 (ސަތޭކަ) ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި ކަމަށްވެސް އެ އެ އޮފީހުން މަޢުލޫމާތުދެއެވެ.

އަދި ލުއި ދީފައިވާ މީހުންގެ ޝަރުތުތައް ކޮންމެ 100 ދުވަހަކުން 1 ފަހަރު ކޯޓަށް ހުށަހަޅައިގެން މުރާޖަޢާކުރާނެ ކަމަށާއި، އަދި އެގޮތަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ޝަރުތަކާ ޚިލާފުވެއްޖެނަމަ ވަގުތުން އެމީހަކު ބަންދުކުރުމަށް ކޯޓުގައި އެދޭނެކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް