މިއަހަރުގެ އަޟްޙާ އީދު (ބޮޑު އީދު) ބަންދަށް ލިބޭނީ ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ 5 ދުވަސް އެކަނި ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވެފައިވަނީ، މިފަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 5ވަނަ ދުވަހާ ކަމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމެވުމާގުޅިގެން، އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ސަޢޫދީ ޢަރަބިއްޔާއިން މިގޮތަށް ނިންމަވާފައިވާތީ، ހައްޖު ދުވަހާއި އަޟްޙާ އީދާއެކު ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތައް އެކަނި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ޖޫން 10ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ހުޅުވޭނެއެވެ.
![]()
