މޫސުމާބެހޭ ޤައުމީ އިދާރާއިން ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިއަދުގެ 14.00ން 20.00ށެވެ.
މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި، އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޭ މަހުގެ 27ން ފެށިގެން 31އާ ދެމެދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ވަނީ ބުނެފައެވެ.
![]()
