އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާބެހޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި

Loading

Facebook
Twitter
WhatsApp

އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާބެހޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އާއިލީ ތަރައްޤީއާބެހޭ މިނިސްޓްރީން މިއަދު ބުނީ އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ އިސްރަށްވެހިންގެ ނާދީއާއި އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ކަމަށެވެ.

މި ސެޝަން ތެރެއިން އިސްރަށްވެހިންނަށް ވަނީ އިސްލާމީ ޝަރީއަތާއި އިސްލާމީ ޝަރީޢަތުގެ ސިފަތަކާއި ގުޅޭ ގޮތުން މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ.

އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.

އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުމަށް އެ ނާދީން ވަނީ އެދިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް