ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

May 28, 2025
profile
Facebook
Twitter
WhatsApp

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލެއްވޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނަށެވެ.

މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ، ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް ގާބިލުކަން ވަޒަންކުރުމަށްފަހު، ޕޮލިސް ބޯޑުން ވަޒީރަށް ހުށަހަޅުއްވާ ނަންތަކުގެ ތެރޭން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މިގޮތުން ކޮމިޝަނަރަކު އައްޔަންކުރައްވާނީ ހަތަރު އަހަރުދުވަހުގެ ދައުރަކަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު މި ހޯދަނީ، ކުރިން އެ މަގާމުގައި ހުންނެވި ޢަލީ ޝުޖާޢު މިދިޔަ އޭޕްރީލް މަހުގެ 26ގައި އިސްތިއުފާ ދެއްވުމުންނެވެ.

ޝުޖާޢު އިސްތިއުފާދެއްވުމުން އެ މަގާމު ވަގުތީގޮތުން ފުރަތަމަ ހަވާލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާއެވެ. ނަމަވެސް ފަހުން މިނިސްޓްރީން އެ ނިންމެވުން ބަދަލުކުރައްވައި، ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީގޮތުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާޢީލް ނަވީންއާއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް