ރައުދު އަނެއްކާވެސް ބަންދުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp
ރައުދު އަހްމަދު ޛިލާލް

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އަނެއްކާވެސް ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް(ޕީޖީ)ގެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭގެ ވަގުތެއްގައި ރައުދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ރައުދު ބަންދުން ދޫކޮށްލާފައި މިވަނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު އެ އިމާރާތުން ވެއްޓުނު މައްސަލައިގައި އޭނާއަށް ތުހުމަތު ކުރެވޭތީ ހައްޔަރުގައި ބެހެެއްޓުމަށްފަހުއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައި ވަނީ މާރިޗު 24 ވަނަ ދުވަހުގެ ރޭ 6:20 އެހާ ކަންހާއިރުއެވެ.އަދި ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދަށް ދެތިން ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އޭނާ ގެޔަށް ފޮނުވާލުމަށްފަހު އަލުން ހައްޔަރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް