ނަރުހުންގެ ދިރާސާތައް ހުށަހެޅުމަށް ޚާއްޞަ ކޮންފަރެންސެއް

Loading

May 26, 2025
profile
Facebook
Twitter
WhatsApp

ނަރުހުން ހަދާފައިވާ ދިރާސާތައް ހުށަހެޅުމަށް ޚާއްޞަ ކޮންފަރެންސެއް، މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ.

މި ކޮންފަރެންސަކީ ނަރުހުންގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ނަރުހުން ހަދާފައިވާ ދިރާސާތައް ހުށަހެޅުމަށް ބާއްވާ ކޮންފަރެންސެކެވެ.

”ސާސްތުރަ“ މި ނަމުގައި ބޭއްވި މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ ޢުޘްމާނެވެ.

މި ކޮންފަރެންސުގައި 7 ނަރުހަކު ވަނީ ދިރާސީ ހުށަހެޅުންތައް ހުށަހަޅާފައެވެ. މީގެތެރޭގައި؛ކެންސަރު ބައްޔާއި މާބަނޑު މީހުންނަށްޖެހޭ އެކިއެކި ބަލިތަކާއި އިންފްލުއެންޒާ ވެކްސިން ޖެހުމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ވަނީ ހުށަހަޅާފައެވެ.

މި ކޮންފަރެންސުގައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ނަރުހުން ޚިދުމަތް ދިނުމުގައި ސަމާލުވާންވީ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެކަމަނާ ވަނީ، ވަސީލަތްތަކާއި ވަގުތު އިސްރާފުނުކުރުމަށާއި، އަދި ބަލި މީހާ ބޭނުންވާ ކަންކަން ދެނެގަތުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ބަލި މީހާއާ ނަރުހުންނާ ދެމެދު އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ޤާއިމުކުރުމަށްވެސް އެކަމަނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ކޮންފަރެންސުގައި ވަނީ ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަނުގައި ވަނީ ނަރުހުންނަށް ދިމާވާ އެކި މައްސަލަތަކާއި އޭގެ ހައްލުގެ މައްޗަށް އަލިއަޅުވާލާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް