إخلاصތެރިކަމުގެ ސިފައަކީ ނަބީބޭކަލުންގެ ސިފައެކެވެ.

Loading

Facebook
Twitter
WhatsApp

موسى عليه السلامގެ إخلاصތެރިކަމުގެ ސިފަ ބަޔާންކުރައްވަމުން މާތްالله، وحىކުރެއްވިއެވެ. )وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا(. މާނައީ:- ކަލޭގެފާނު މި ފޮތުން موسىގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيارކުރައްވާފައިވާ ބޭކަލަކު ކަމުގައި އެ ކަލޭގެފާނު ވިއެވެ. އަދި رسولއަކު  إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނަކީ إخلاصތެރިބޭކަލުންގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالى ސިފަކުރެއްވި ބޭކަލުންނެވެ. މާތް الله،  وحيކުރެއްވިއެވެ. )وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ * إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ * وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَار(. މާނައީ :- އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيمގެފާނާއި إسحاقގެފާނާއި يعقوبގެފާނު ހަނދުމަކުރައްވާށެވެ! (އެ ބޭކަލުންނީ) ހެޔޮ عملކުރެއްވުމަށް ބާރުގަދަ ބުއްދީގެ أهلވެރިންނެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ބޭކަލުން ސާފު خصيلةއަކުން މާތްކުރައްވައި خيارކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން އެ ބޭކަލުންވަނީ ތިމަންރަސްކަލާނގެ حضرة ގައި خيارކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.

ނިޔަތުގައި إخلاصތެރިކަން އޮވެއްޖެ ނަމަ އެ ކަމެއް ނުކުރެވުނަސް ބޭކާރުވެގެނެއް ނުދާނެ

رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް ބަޔަކު ދިޔައެވެ. ފަހެ އެ މީހުން ދެންނެވިއެވެ. އޭ اللهގެ رسول އާއެވެ.  ތިމަންނާމެން ކަލޭގެފާނާއެކު ތަބޫކު ހަނގުރާމުގައި ބައިވެރިވާން ބޭނުމެވެ. އަދި ތިމަންނާމެން އަތުގައި އެއްވެސް ހަތިޔާރެއް އަދި އެއްވެސް މުދަލެއް ނުވެއެވެ. ދަންނައެވެ. އެ ވަގުތު رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم ގެ އަތްޕުޅުގައި ވެސް އެ މީހުންނަށް އެހީއެއް ދެއްވާން އެއްޗެއް ނެތެވެ. އެހެންކަމުން  އެ މީހުންނަށް  އެނބުރި ދިއުމަށް ވިދާޅުވިއެވެ. އެ ހިނދު އެ ބައިމީހުން ދިޔައީ އެ މީހުންގެ ކިބައިގައި اللهގެ މަގުގައި جهادކުރުމުގެ ތަނަވަސްކަން ނެތުމުގެ މައްޗަށް ހިތާމަކުރަމުން އަދި ރޮމުންނެވެ. ފަހެ اللهُ سُبْحَانَهُ وَتَعَالى އެ މީހުންގެ حقގައި قيامة އާ ޖެހެންދެން تلاوة ކުރެވެމުން ދާނޭހެން قرآ ن ބާވައިލެއްވުނެވެ. މާތް الله ވަޙީކުރެއްވިއެވެ. )لَيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنْفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِ ۚ مَا عَلَى الْمُحْسِنِينَ مِنْ سَبِيلٍۚ وَاللَّهُ غَفُورٌ رَحِيمٌ * وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنْفِقُونَ(. މާނައީ :- ނިކަމެތިންގެ މައްޗަކަށް އަދި ބަލިމީހުންގެ މައްޗަކަށް ވެސް އަދި (ހަނގުރާމަޔަށް ޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށް ވެސް ކުށްފާފައެއް ނެތެވެ. اللَّهއަށާއި އެ ކަލާނގެ رسولއާއަށް އެއުރެން ތެދުވެރިވެ إخلاصތެރި ވީނަމައެވެ. إحسانތެރިންގެ މައްޗަކަށް (އެއުރެން ކުށްވެރި ކުރާކަށް) އެއްވެސް މަގެއްނެތެވެ. اللَّهއީ ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ. އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށް ވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭ حالގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ. 

 نبي އާ صَلّى اللهُ عَلَيْهِ وَسَلَّم އެ ހަގުރާމައަށް ނިކުމެވަޑައި ގަތުމަށްފަހު أصحاب ބޭކަލުންނަށް حديث ކުރެއްވިއެވެ. عَنْ أَبِي عَبْدِ اللَّهِ جابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ رَضِيَ اللهُ عَنْهُمَا قَالَ:كُنَّا مَع النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي غَزَاة فَقَالَ: «إِنَّ بِالْمَدِينَةِ لَرِجَالًا مَا سِرْتُمْ مَسِيرًا، وَلاَ قَطَعْتُمْ وَادِيًا إِلَّا كانُوا مَعكُم حَبَسَهُمُ الْمَرَضُ»، وَفِي رِوَايَةِ: « إِلَّا شَركُوكُمْ في الأَجْرِ». މާނައީ: މާތް الله  އެ ދެ ބަފައިކަލުންނަށް ރުއްސުންލެއްވި أبو عبد لله جابر بْن عبد الله ގެ ކިބައިން ރިވާވެގެންވެއެވެ. އެ صحابي ވިދާޅުވިއެވެ. ތިމަންމެން نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ހަނގުރާމައެއްގައި (އެބަހީ: تبوك ހަނގުރާމައިގައި) ބައިވެރިވީމުއެވެ. ފަހެ އެ ކަލޭގެފާނު حديثކުރެއްވިއެވެ. ހަމަކަށަވަރުން مدينةގައި ބަޔަކު ވެއެވެ. ތިޔަބައިމީހުން جهادކުރުމަށް ޓަކައި އަޅާ ކޮންމެ ފިޔަވަޅެއްގައްޔާއި ހިނގާ ކޮންމެ ހިނގުމެއްގައްޔާއި އަދި ތިޔަބައިމީހުން جهاد ކުރުމަށް ޓަކައި ހުރަސްކުރާ ކޮންމެ ވާދީއެއްގާ أجرގެ ގޮތުން ތިޔަބައިމީހުންނާއެކުގައި އެ މީހުންވެއެވެ. އެ މީހުން ނިކުތުމުން މަނާކުރީ އެ ބައިމީހުންގެ ބަލިކަމުގެ عذرއެވެ.

އެހެން ރިވާޔަތެއްގައިވެއެވެ. ނަމަވެސް ثواب ލިބުމުގައި ތިޔަބައިމީހުންނާއެކުގައި އެ މީހުން ބައިވެރިކުރެވިގެންވެއެވެ. رَوَاهُ البُخَارِيُّ  عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: رَجَعْنَا مِنْ غَزْوَةِ تَبُوكَ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «إِنَّ أَقْوَامًا خَلْفَنَا بِالْمَدِينَةِ مَا سَلَكْنَا شِعْبًا وَلاَ وَادِيًا إِلَّا وَهُمْ مَعَنَا، حَبَسَهُمْ الْعُذْر». މަނައީ: الإمام البخاري، މާތް الله ރުއްސުންލެއްވި أنسގެފާނު ކިބައިން ރިވާކުރެއްވިއެވެ. أَنَسގެފާނު ވިދާޅުވިއެވެ. ތިމަންމެން نبيއާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އަރިހުގައި تبوك ހަނގުރާމައިން އެނބުރި އައީމެވެ. ފަހެ حديثކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ مدينةގައި ބަޔަކު ފަސްކޮށްފައި އައިސްފައެވެ. (ނަމަވެސް) ތިމަންމެން (جهاد ކުރުމަށް ޓަކައި ފަރުބަދަ މަތިން) ހުރަސްކުރާ ކޮންމެ ހުރަސްކުރުމެއްގައްޔާއި އަދި ފަހަނަޅަމުންދާ ކޮންމެ ވާދީއެއްގައި (أجرގެގޮތުން) އެ މީހުން ތިމަންމެންނާއެކުގައިވެއެވެ. އެ މީހުން ނިކުތުމަށް މަނާކުރީ އެ މީހުންގެ ބަލިކަމުގެ عذرއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް