ނޮޅިވަރަމުގައި މޫދަށް އެރިއުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

ހދ. ނޮޅިވަރަމްގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ 65 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިރޭ ބުނީ އުމުރުން ދުވަސްވީ މީހަކު މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

އެގޮތުން އޭނާ ހޯދަމުންދަނިކޮށް ފެނިފައި ވަނީ ނޮޅިވަރަމްގެ އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި ނިޔާވެފައި އޮއްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް