އެއްހަފުތާގެތެރޭގައި ދެވަނަފަހަރަށް ހޫތީ މުޖާހިދުންގެ ހަމަލާ އިސްރާއީލަށް

Loading

Facebook
Twitter
WhatsApp

އެއް ހަފުތާގެ ތެރޭގައި ޔަމަނުގެ ހޫތީ މުޖާހިދުންގެ 2 ވަނަ ހައިޕަރސޯނިކް ބެލިސްޓިކް މިސައިލް ހަމަލާ އިސްރާއީލުގެ އެންމެ މުހިންމު އެއަރޕޯރޓް (ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓް) އަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ މި ހަމަލާގެ ބަރުގޮނު އިވުމުން އެތައް މިލިއަން މީހުންވަނީ ރައްކާތެރި ތަންތަނަށް ވަދެ ފިލާފައެވެ. ހުކުރުދުވަހުގެ ހަމަލާއާ ގުޅިގެން ބެންގޫރިއން އެއާރޕޯރޓ އެއްގަޑިއިރަށް ހުއްޓުމުކަށް ގެންނަންޖެހުނުކަމަށް އިސްރާއީލުން ވަނީ އިއްތިރާފް ވެފައެވެ. ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަކީ އިސްރާއީލުން ބޭރުގައުމު ތަކަށް ގުޅުވައިދޭ މައި ދޮރާއްޓެވެ. މިއީ ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަށް އަމާޒުވި 3 ވަނަ ހަމަލާކަމުގައި އިސްރާއީލުން އެއްބަސް ވެއެވެ.                                          

ހޫތީ މުޖާހިދުންގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރާއީ އެ މިސައިލް އުދުއްސާލި  ވަގުތުވެސް ވީޑިއޯގެ ޒަރީއާއިން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ހަމަލާގައި ބޭނުންކުރީ ހައިޕަރސޯނިކް ބެލެސޓިކް މިސައިލެއްކަމަށާއި އޭގެ އަމާޒަށް ވާސިލު ވެފައިވާކަމަށްވެސް ވިދާޅުވިއެވެ.  އިސްރާއީލުން ބޭނުންކުރާ އެމެރިކާގެ ދިފާއީ ނިޒާމް ( ތާޑް ) އަށް ހޫތީ މުޖާހިދުންގެ މިސައިލް ފެނުނު ކަމަކަށް ނުވިއެވެ.                 

ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރާއީ ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ހަމަލާދެމުން ގެންދާހާ ހިނދަކު ހޫތީ މުޖާހިދުންގެ ހަމަލާތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.  ހޫތީ  މުޖާހިދުންގެ ހަމަލާތަކާއި އަދި އިސްރާއީލަށް ދަތުރު ނުކުރުމަށް ދީފައިވާ އިންޒާރާގުޅިގެން އެތައް އެއާރލައިނަކުން އިސްރާއީލަށް ކުރަމުންގެންދާ ވައިގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާ  ފައެވެ. އިސްރާއީލަށް ދަތުރުކުރުން ހުއްޓާ ނުލާ އެއާރލައިން ތަކުން ދަތުރު ކުރުން ހުއްޓާލުމަށް ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރާއީ ވަނީ އެ އިންޒާރު ތަކުރާރު ކުރައްވާފައެވެ.    

Loading

One Response

  1. ކަމެއް ކުރީމާ ކަމެއްވާނީ. ފަގުޑި އަޅާފައި ކޮންފަރެންސް ބޭއްވިޔަކަސް ކަމެއް ނުވާނެއެވެ. ދެ އަހަރުދުވަހުގެ ފަަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލު ޢަންމު ހުށްޓުވުމަށް އަލުން އިންޓަރނޭޝަނަލް ކޮންފަރެސްއެއް ބާއްވަންވިއްޔޯލަ؟ މިއޮށް ފިނޑި މުނާފިގު ޢަރަބި ގަބީލާ ލީޑަރުންތަކެއްވާދޯ؟؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް