ޔުމްނުގެ ބަޔާން ނަގަން މެލޭޝިޔާ ފުލުހުންގެ އެހީ ހޯދަނީ

Loading

May 22, 2025
profile
Facebook
Twitter
WhatsApp

މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ޙައްވާ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިޔާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ އެ ޚިދުމަތުން މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

ފުލުހުން ބުނެފައިވަނީ، ޔުމްނުގެ ޢާއިލާގެ އެއްބާރުލުން ލިބުމާއެކު އޭނާގެ ބަޔާން ނެގުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، އިތުރު ފަރުވާއަށް އޭނާ ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހުން މެލޭޝިޔާއަށް ގޮސް ތިބިކަމަށެވެ. އެތަނުން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ތަކުރާރުކޮށް މުޢާމަލާތުކުރަން މަސައްކަތް ކުރިނަމަވެސް މިއަދާ ހަމައަށްވެސް އޭނާގެ ބަޔާން ނެގުމުގައި ޢާއިލާގެ އެއްބާރުލުން ލިބިފައި ނުވާކަމަށެވެ.

އަދި ޔުމްނުގެ ޞިއްޙީ ހާލަތާ ގުޅޭގޮތުންވެސް ފުލުހުންނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން، މެލޭޝިޔާގައި އޭނާއަށް ފަރުވާދެމުންދިޔަ ހޮސްޕިޓަލް ބަދަލުކުރިއިރު، އެކަންވެސް ފުލުހުންނަށް އަންގާފައި ނުވާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިއަދާ ހަމައަށްވެސް ފުލުހުންގެ ތަޙުޤީޤު ޓީމަށް ޔުމްނުގެ ޢާއިލާގެ އެއްބާރުލުން ލިބިފައިނުވާތީ، މެލޭޝިޔާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާގޮތުގެ މަތިން، ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މެލޭޝިޔާ ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުން ދާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް