ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

Loading

May 22, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: ފުލުހުން

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި އަހަރުގެ މޭ މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހާ ދެމެދު ސްކޭމްގެ 45 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މި ސްކޭމްތަކުގެ ސަބަބުން ގެއްލިފައިވާ ޖުމްލަ 481,520.67 (ހަތަރުލައްކަ އަށްޑިހައެއްހާސް ފަސްސަތޭކަ ވިހި ރުފިޔާ، ފަސްދޮޅަސް ހަތްލާރި)ގެ ތެރޭން 383,610.08 (ތިންލައްކަ އަށްޑިހަތިންހާސް ހަސަތޭކަ ދިހަ ރުފިޔާ، އަށްލާރި) މިހާރު ހޯދިފައިވާކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.

ހުށހެޅުނު މައްސަލަތަކުގައި އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމަރސް ސްކޭމްތައް ކަމަށާއި، އެފަދަ 26 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެތެރޭން 20 މައްސަލައިގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް ކަމަށް އެ ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ 10 މައްސަލަ، ފޯނު މެދުވެރިކޮށް ހިންގާފައިވާ ސްކޭމްގެ 5 މައްސަލަ، އަދި އިމްޕަރސަނޭޝަން، ފިޝިންގ، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލަތައް ހިމެނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް