އެމެރިކާގެ ރައީސް ސައޫދީ އެރޭބިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސައޫދީ ވަލީ އަހްދް މުހަންމަދު ބިން ސަލްމާނާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި 142 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމާއި ގަތުމަށް އެއްބަސްވެވުމުން ވިދާޅުވެފައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭ ވަރަށް ސައޫދީ އެރޭބިޔާއާއެކު ގުޅުން ބަދަހި ކުރެވިއްޖެ ކަމަށެވެ.
އެހެންނަމަވެސް އެ ބައްދަލުވުން ނިމުމަށްފަހު މީޑިއާއަށް މައުލޫމާތު ހާމަކުރަމުން ގެންދިއުމުގެ ތެރޭގައި އެމަނިކުފާނަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ.
ނޫސްވެރިންގެ ކުރިމަތީގައި މިގޮތަށް ދިމާވުމުން މީޑިއާއިން ގެންދަނީ އެމަނިކުފާނަށް މަލާމާތް ކުރަމުންނެވެ. ބައެއް މީޑިއާތަކުން “ މީޑިއާ ކުރިމަތީގައި ކަލޭ ކައިރިއަށް ނިދި އަންނަނީ ކިހެނެއް ހެއްޔެވެ؟ އެހެން ބައެއް މީޑިއާތަކުން ސްލީޕީ ޑޮން، އޭނާ ހީކުރީ މަރުވީ ކަމަށެވެ. ލޯ ހުޅުވާލީ އޭނާއަށް ހުރެވުނީ ނަރަކައިގާތޯ ސުވަރުގޭގައިތޯ ބަލާލާށެވެ. ކުޑަކުއްޖެކޭ އެއްފަދައިން އޭނާ ނިދާނެއެވެ. އޭނާއަށް ނިދިން ހޭލެވޭނީ ޑައިޕަރ ފުރުނީމައެވެ. ބައެއްފަހަރު ސުވާލު ކުރީމާ އަހަރެންނަކަށް ނޭންގެއޭ ބުނަނީވެސް ނިދާފައި އިނދެވުނީމާ ކަމަށް ވެދާނެއެވެ. މިކަހަލަ ތަފާތު ބަސްމަގު ބޭނުންކޮށްގެން ގެންދަނީ މަލާމާތް ކުރަމުންނެވެ.
78 އަހަރުގެ މުސްކުޅި ރައީސަށް ނިދިޖެހުނު މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ނިއު ޔޯރކުގެ ފައިސާގެ މައްސަލަކޯޓުގައި ހިނގިއިރުވެސް އިނދެވުނީ އަވަހާރަފުޅު ލެއްޕެވިފައި ކަމަށްވެއެވެ.
ކެމްޕޭންކުރުމުގެ ތެރޭގައިވެސް އަވަހާރަފުޅު ލެއްޕެވުނު ކަމަށްވެއެވެ. ޕޯޕް ފްރާންސިސްގެ ޖަނާޒާގައިވެސް އިނދެވުނީ އަވަހާރަފުޅު ލެއްޕެވިފައި ކަމަށް ވެއެވެ.