އިންޑިއާގެ ފަތުރުވެރިން ތުރުކީއާއި އަޒަރްބާއިޖާނަށްވެސް ކަންތައްކުރާނީ؟

Loading

Facebook
Twitter
WhatsApp


ސުރުޚީގައި އެވަނީ ލައިވްމިންޓް.ކޮމް/ނިއުސް/އިންޑިއާގެ އަމިޔާ ޖޯޝީ ކޮށްފައިވާ ސުވާލެއްގެ ފެށޭ ބައެވެ. މުޅި ސުވާލަކީ އިންޑިއާގެ ފަތުރުވެރިން ތުރުކީއާއި އަޒަރްބާއިޖާނަށްވެސް ކަންތައްކުރާނީ ދިވެހިރާއްޖެއަށް ކަންތައްކުރިގޮތަށް ހެއްޔެވެ؟

                                                

ތުރުކީއާއި އަޒަރބާއިޖާން ފަތުރު ވެރިކަމުން އެއްފަރާތްކުރަން ( ބޯއިކޮޓް ކުރަން ) ފާއިތުވެގެން މިދާ ދުވަސްތަކުގައި ތުންތުންމަތިން ދެކެވެމުން އައި ވާހަކަތައް އޮޕަރޭޝަން ސިންދޫރު ފެށުމާއެކު ގަދައަޑަކަށް ވެއްޖެއެވެ. އިންޑިއާއިން އެ 2 ގައުމަށް ދަތުރުކުރި ފަތުރުވެރިންނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަށަވަރު ކުރެވިފައިވާ ޕޯސްޓް ތަކާއި އަދި ކަށަވަރު ނުކުރެވޭ ޕޯސްޓްތައް ގިނަވެއްޖެއެވެ.                      

ދެކޮޅުވެރި ހަމަލާތައް ހުއްޓާލުމާއެކު ތުރުކީއާއި އަޒަރބާއިޖާނަށް ބުކިން ހަދާދިނުން އިތުރު ޓްރެވަލް އޭޖެންޓުންވެސް ހުއްޓާލައިފިއެވެ. ކޮކްސް އެންޑް ކިންގްސް އިން ތުރުކީއާއި އުޒަބަކިސްތާނާއި އަދި އަޒަރބާއިޖާނަށް ބުކިން ހަދާދިނުންވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. އިކްސިގޯ އިން ތުރުކީއާއި އަޒަރބާއިޖާން އަދި ޗައިނާއަށް އަށް ފްލައިޓް ބުކިންއާއި އަދި ހޮޓެލް ބުކިން ހަދާދިނުން ވަނީ ހުއްޓާލާފައެވެ. ބައެއް ކުދި ޓްރެވަލް މެނޭޖްމެންޓް ކުންފުނިތަކުންވެސް މިހާރު އެކުންފުނިތަކާ ބައިވެރިވެ ތުރުކީއާއި އަޒަރބާއިޖާނަށް ދަތުރު ނުކުރުމަށް ގެންދަނީ ލަފާދެމުންނެވެ.                                               

ހިނގާދިޔަ އިންޑިއާ ޕާކިސްތާނުގެ ދެކޮޅުވެރި ހަމަލާތަކުގައި ތުރުކީއާއި އަޒަރބާއިޖާނާއި ޗައިނާއިން ގެންދިޔައީ ފާޅުގައި ޕާކިސްތާނަށް ތާއީދު ކުރަމުންނެވެ. އަދި ތުރުކީން އުފައްދާފައިވާ ގިނަ އަދަދެއްގެ ޑްރޯން އިންޑިއާއާއި ދެކޮޅަށް ޕާކިސްތާނުންވަނީ ބޭނުންކޮށްފައެވެ. އަދި  މާޒީގައި އެ ގައުމުތަކުން ވަނީ ކަޝްމީރަކީ ޕާކިސްތާނުގެ ބައެއްކަމަށްވެސް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.                                        

އިންޑިއާގެ އެއްވެސް އެއާރލައިނަކުން ސީދާ ޗައިނާއަށް ދަތުރެއް ނުކުރެއެވެ. އެހެންނަމަވެސް އިންޑިގޯ އާއި ޓާރކިޝް އެއާރލައިނުން އިސްތަންބޫލާއި ނިއުދިއްލީ އަދި މުމްބައިއަށް ދަތުރުކުރެއެވެ. އިންޑިގޯއިން ނިއުދިއްލީއާއި ބާކޫއަށް ކޮންމެ ދުވަހަކު ފްލައިޓެއް ދަތުރު ކުރެއެވެ. އަދި އަޒަރބާއިޖާން އެއާވޭސް އިން ވެސް ދިއްލީ އާއި މުމްބާއި އަށް ދަތުރުކުރެއެވެ.                                            

އެއާރ އިންޑިއާގެ ސީ އީ އޯ އަކަށް އިލްކަރައިޔު އައްޔަންކުރަން އެ ކުންފުނިން ގަސްދުކުރުމުން ވަރށްބޮޑު ނުރުހުމަކާ ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއަން އޭވިއޭޝަނާއި ތުރުކީގެ ގުޅުން އެންމެ މީހަކަށްވުރެން މާ ބޮޑުކަމަށް ގަބޫލުކުރެވޭތީ އެ ބޭފުޅާ އަމިއްލައަށް ދުރަށް ޖެހިވަޑައިގަތީ ކަމަށްވެއެވެ.       

އިންޑިގޯ އެއާރލައިންގެ އެންމެ ފުރަތަމަ ކޯޑްޝެއަރ ބައިވެރިޔަކީ ޓާރކިޝް އެއާރލައިނެވެ. އިންޑިގޯއިން ޓާރކިޝް އެއާރލައިންގެ ބޯއިން 777 ގެއެއާރކްރަފްޓް ޑޭމްޕް ލީޒް (ފްލައިޓްގެ ވެރިފަރާތުން ކޮކްޕިޓް ކުރޫންނާއި މެއިންޓޭނަންސް ފަދަ ކަންތައް ބަލަހައްޓާގޮތަށް އަދި ލީޒްކުރި ފަރާތުގެ ކެބިންކުރޫން ތިބޭ ގޮތަށް) ކޮށްގެން އިސްތަންބޫލަށް ދަތުރުކުރަންފެށުމުން ކުރިން އުފުލަންލިބުނު 232 ފަސިންޖަރުންގެ އަދަދު 531 އަށް އިތުރުވެގެން ދިޔަ ކަމަށްވެއެވެ. އަދި ތުރުކީގެ އެހެން އެއާރލައިނަކުން ބޯއިން 737 ގެ ފްލައިޓް ޑޭމަޕް ލީޒް ކޮށްގެންވެސް ގެންދަނީ ދަތުރު ކުރަމުންނެވެ.                                          

ޓާރކިޝް އެއާރލައިންގެ އެންޖިނިއަރިން އާރމް، ޓާރކިޝް ޓެކްނިކް އާއެކު އިންޑިގޯ އާއި އެއާރ އިންޑިއާއިން ގިނަ ޚިދުމަތްތަކަކަށް މުއާމަލާތުތަކެއް ކުރެއެވެ.  ޓާރކިޝް ޓެކްނިކް އާއިއެކު އެއާރ އިންޑިއާއިން ވަނީ އެ ކުންފުނީގެ ބޯއިން 777 ގެ އެއާރކްރާފްޓްތަކުގެ މެއިންޓެނަންސް ބެލެހެއްޓުމަށްވަރަށްފަހުން އެއްބަސްވެފައެވެ. އޭގެ ކުރިންވެސް އެއާރ އިންޑިއާ އެކްސްޕްރެސްގެ މެއިންޓެނަންސް ބަލަހައްޓަމުން ގެންދަނީ ޓާރކިޝް ޓެކްނިކުންނެވެ. އިންޑިގޯ އެއާރލައިންގެ ނިއޯ 320 ފެމިލީގެ އެއާރކްރާފްޓްތަކުގެ ރިޑެލިވަރީ ޗެކާއި މެއިންޓެނަންސް ބަލަހައްޓަމުން ގެންދަނީވެސް ޓާރކިޝް ޓެކްނިކުންނެވެ. މި އެއްބަސްވުންތަކުން އެއާރލައިންތަކުން ފެޔަށް ޖެހުމަކީ ވަރަށް ދުރުކަމެކެވެ. އެހެންނަމަވެސް ފްލައިޓްތަކުގެ ދަތުރުތައް ހަމަޖެއްސުމުގައި ފަސިންޖަރުން ލިބުމުގެ މައްޗަށް ބުރަވާން ޖެހޭނެއެވެ.                         

އިންޑިއާގެ ފްލައިޓްތަކުން ދިވެހިރާއްޖެއަށް ކުރަމުން ގެންދިޔަ ދަތުރުތައް މަދުކޮށް އެހެން މަންޒިލްތައް ވަނީ އިޚްތިޔާރު ކޮށްފައެވެ. ތުރުކީއާއި އަޒަރުބާއިޖާނަށް އެގޮތް މެދުވެރި ވެއްޖެނަމަ އެއާރލައިންތަކަށް ފަސިންޖަރުން ލިބުން މަދުވުމާ ކުރިމަތިލާން ޖެހޭނެއެވެ.                                           

އަޒަރުބާއިޖާންގެ ޓްއަރިޒަމް ބޯރޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު  2014 ގައި އިންޑިއާއިން އައިސްފައިވަނީ ހަމައެކަނި 4853 ފަތުރުވެރިންނެވެ. އެހެންނަމަވެސް 2024 ގައި 243589 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. ތުރުކީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 2014 ގައި އިންޑިއާއިން އެ ގައުމަށް 119503 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 2024 ގައި އެ އަދަދު އުޅެނީ 330000 ގައެވެ.               

ތުރުކީއާއި އިންޑިއާ ދެމެދުގެ ދަތުރުތަކުގައި ހަފުތާއަކު 13000 ސީޓް ކަމަށް ހިސާބުތަކުން ދައްކާއިރު އަޒަރުބާއިޖާނަށް އުޅެނީ ހަފުތާއަކު 3000 ސީޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް