ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްުޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނެގި ވޯޓުގައި ފަނޑިޔާރު އަޒްމިރަލްދާ މަގާމުން ވަކި ކުރަން 67 މެންބަރުުން ވަނީ ވޯޓު ދެއްވާފައެވެ.އަދި ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 11 އަށް އަރައެވެ.
މީގެ އިތުރުން ފަނޑިޔާރު މަަހާޒް މަގާމުން ވަކި ކުރަން 68 މެންބަރަކު ވޯޓު ދެއްވާފައި ވާއިރު މަޤާމުން ވަކި ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ އަދަދު 11 އަށް އަރައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ސުލޫކީ މައްސަލައެއްގައެވެ.