ހުޅުމާލޭ ފިޒިއޯ ކްލިނިކުގައި ކުޑަކުއްޖަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލާގައި މިހާރު ވާނީ ފިޔަވަޅުއަޅާފައި ކަމަށް އެ ކްލިނިކުން ބުނެފިއެވެ.
އެ ކްލިނިކުން މިހެން ބުނެފައިވަނީ މިއަދު ހިނގައިދިޔަ ހާދިސާއާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.
”މިކަމުގައި ބައިވެރިވި ދެ މުވައްޒަފުންނާއި އެތަނުގައި އެވަގުތު ހުރި އެހެން މުވައްޒަފަކު ވާނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ފުލުހުންނަށް ވަގުތުން މައްސަލަ ހުށަހަޅައި، ކަމާގުޅޭ ހުރިހާ ފުޓޭޖްތަކެއް ވާނީ ތަހުގީގަށްޓަކައި އެބޭފުޅުންނަށް ހުށަހަޅާފައެވެ.“ އެ ކްލިނިކުގެ ބަޔާނުގައި ވެއެވެ.
މިކަން ތަހުގީގުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ކްލިނިކުން ވަނީ ދީފައެވެ.
އެ ކްލިނިކް މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފައި ކަމަށްވެސް ބަޔާނުގައި ވެއެވެ.