ރަޝިޔާއާއި އުތުރު ކޮރެޔާ އެއްގަމު މަގުން ގުޅާލަނީ

Loading

May 2, 2025
profile
Facebook
Twitter
WhatsApp

                                                                           ރަޝިޔާއާއި އުތުރު ކޮރެއާ އެއްގަމު މަގުން ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މި 2 ގައުމު އެއްގަމު މަގުން ގުޅާލެވޭ އެންމެ ފުރަތަމަ ފަހަރެވެ. ރަޝިޔާގެ ޚައްސާން ޓައުންގެ ބޯރޑަރުގައި ޓޫމެން ކޯރުގެ އައްސޭރިފަށުގައި އެ ބްރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރު ކުރެވިފައެވެ. 

                                                            

ބްރިޖް އެޅުން ފެށުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ބައިވެރިވެ ވަޑައިގަތެވެ. އުތުރު ކޮރެއާއާއި ރަޝިޔާގެ ގުޅުމުގައިވެސް އެޅިގެންދާނެ ވަރުގަދަ ފާލަމަކަށް މި މަޝްރޫއު ވެގެންދާނެކަމަށް އެމަނިކުފާނުގެ ވީޑިއޯ ގައި ވިދާޅުވެފައިވާ ކަމަށާއި އަދި މިއީ ރަޝިޔާއިން ގެންގުޅޭ އަވަށްޓެރިންގެ ގުޅުމާއި ޓްރާންސް-ރީޖަނަލް އެއްބައިވަންތަކަން ރަމްޒުކޮށްދޭނެ ނަމޫނާއަކަށް ވެގެންދާނެކަމަށް ކްރެމްލިން މީޑިއާ އިން ބުނެފައި ވެއެވެ.                                            

ފަހަކަށް އައިސް މޮސްކޯއާއި ޕްޔޯންގްޔަންގް ގެ ގުޅުމާއި އެކުވެރި އަންނަނީ ވަރަށް ބޮޑަށް ބަދަހި ވަމުންކަން ފާހަގަކުރެވެއެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އުތުރުކޮރެއާ ސިފައި ބައިވެރިވާކަން ރަސްމީގޮތުން ފުރަތަމަ ފަހަރު ހާމަކޮށްފައިވަނީ މި ހަފުތާގެތެރޭގައެވެ.                 

އުތުރު ކޮރެއާ އާއި ރަޝިޔާ އެއްގަމު މަގުން ގުޅާލުން އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޯންގް އުން ސިފަކުރައްވާފައިވަނީ އެ މަޝްރޫއުގެ ސަބަބުން ބައިނަލް އަގްވާމީގޮތުން އެކަހެރި ކޮށްފައިވާ ރަޝިޔާއާއި އުތުރުކޮރެއާއާއި ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ މުގައްދަސްކަން ދުނިޔެއަށް ހާމަވެގެންދާނެކަމަށެވެ.

ގާތްގަނޑަކަށް ކިލޯމީޓަރެއްގެ ދިގުމިނުގެ މި ބްރިޖްގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭތަގައި ނިންމާ ލެވޭނެ ކަމަށް ރަޝިޔާގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވެއެވެ.                                   

އުތުރު ކޮރެއާގެ ސަރުކާރު ހިންގާ މަސައްކަތުމީހުންގެ ޕާރޓީގެ ނައިބު ރައީސް ތައި ސޯންގް ވިދާޅުވެފައިވަނީ މި ބްރިޖްގެ ސަބަބުން 2 ގައުމުގެ ވިޔަފާރިއަށާއި ދަތުރުފަތުރުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.      

ބައިނަލް އަގްވާމީ މީޑިއާތަކުން ގަބޫލުކުރާގޮތުގައި މި މަޝްރޫއަށް ހޭދަކުރަނީ ރަޝިޔާއިންނެވެ.           

އުތުރު ކޮރެޔާއިން ލޯންޗްކުރި 4500 ޓަނުގެ ޑެސްޓްރޯޔަރ ޗޯއޭ ހިޔޯން ގައި ގާއިމްކޮށްފައިވާ ހަތިޔާރުތަކާއި ވަސީލަތްތައް ޓެސްޓްކުރުން މިހަފުތާގައި ބޭއްވިފައިވާ ކަމަށް ޕްޔޯންގްޔަންގް މީޑިއާއިން ބުނެފައިވެއެވެ. އެ އުޅަނދާއި އަދި ވަސީލަތްތަކުގެ ތެރޭގައި ކްރޫޒް މިސައިލާއި ސާރފޭސް ޓު އެއާރ މިސައިލް އާއި އަދި ދިރުނބާ ކޮޅުގައި 5 އިންޗީގެ ބަޑި ވަނީ ބަހައްޓާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް