ސަންދާނު ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަމެވެ. މި ލިއުމަކީ އިންޑިއަން ޑިފެންސް ރިސާރޗް ވިންގް ( އައި ޑީ އާރ ޑަބްލިޔޫ ) އިން އޮގްޒިލިއަރީ ފޯސް އިންޑިއާ ( އޭ އެފް އައި ) ގައި ޝާއިއު ކޮށްފައިވާ މައުލޫމާތެއްގެ ޚުލާސާއެކެވެ.
ތުރުކީން ދިވެހިރޢްޖޭ ކޯސްޓް ގާރޑަށް ހަދިޔާކުރި ޓީ ސީ ޖީ ( ޕީ-343 ) މަރުކާގެ މިސައިލް ބޯޓަކީ ތުރުކީއާއި ދިވެއހިރާއްޖޭގެ ދިފާއީ ގުޅުމުގައި ކުރިއަށް އެޅިގެންދިޔަ ވަރަށް ފާހަގަކުރެވޭ ފިޔަވަޅެކެވެ. އަދި އެއީ މިއުޅަނދުފަހރުގެ މަގްސަދު އެހެން ގޮތަކަށް އަލުން ރައްކާތެރި ކުރުމުގެ ފިޔަވަޅަކަށްވެސް ވެގެންދާނެއެވެ. މި އުޅަނދަކީ ދިވެހިރާއްޖޭގެ ކޯސްޓް ގާރޑަށް ލިބިފައިވާ އެންމެ ބޮޑު އުޅަނދު ކަމަށް ވާނެއެވެ. މިހާތަނަށް ދިވެހި ކޯސްޓްގާރޑުގެ އެންމެ ބޮޑު އުޅަނދަކީ އިންޑިއާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ހުރަވީއެވެ.
ތުރުކީން ދިވެހިރާއްޖެއަށް ދިން މި ހަދިޔާގެ ސަބަބުން ނިއުދިއްލީން ހިތްހަމަނުޖެހޭ ސަބަބުތަކެއް ހުރި ކަމަށް އޭ އެފް އައި އިން ބުނެފައި ވެއެވެ.
ތުރުކީ ނޭވީ ގައި އެންމެ ފުރަތަމަ ހަރްޕޯން އެންޓައި-ޝިޕް މިސައިލް 76 މިލިމީޓަރުގެ އޯޓީއޯ މިލާރާ ގަން އަކާއި އަދި 35 މިލިމީޓަރގެ ޓްވިން އޮއިރިކޮން ޑީޖީއެމް-އޭ ގެ ވަސީލަތް ގާއިމް ކުރެވިފައިވާ ޓީ ޖީ ސީ ވޮލްކަން މަރުކާގެ މި އުޅަނދު ފަހަރުގައެވެ.
ތުރުކީ ނޭވީން މި އުޅަނދުފަހަރު މިހާރު ބޭނުން ކުރަނީ ނޭވީންނަށް ބޭނުންވާ ޓެސްޓްތަކާއި ތަމްރީނު ދިނުމަށެވެ. ދިފާއީ ކަންކަމުގައި ބޭނުން ކުރަނީ ފަހުގެ އުފެއްދުންތަކެވެ. މި ނަޒަރުން ބަލާއިރު ޓީ ސީ ޖީ ވޮލްކަން މަރުކާގެ އުޅަނދު ދިވެހިރާއްޖެއަށް ހަދިޔާކުރުމަކީ އިންޑިއާގެ ނުފޫޒް ކައުންޓަރބެލެންސް ކުރުމާއި އަދި މި ސަރަހައްދުގައި ތުރުކީގެ ބާރު ގަދަކުރުމަށްޓަކައި ހިންގާ ހަރަކާތެއް ކަމަށްވެސް އިންޑިއާއިން ދެކެއެވެ.. އަދި ރައީސް ޑޮކްޓަރ މުހަންމދު މުއިއްޒާއެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރަން އިންޑިއާއިން މަސައްކަތް ކުރަމުންގެންދާ މި ދަނޑިވަޅުގައި ތުރުކީގެ މި ހަރަކާތްތަކަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ޒަމާންވީ ގުޅުމުގެ ތެރެއަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވޭތީ އިންޑިއާ އިން ހިތްހަމައެއްވެސް ނުޖެހެއެވެ.
ތުރުކީގެ ހަދިޔާ ދިވެހި ކޯސްޓް ގާރޑުން މިއަހަރު ޖޫން ހާތާގައި ބޭނުންކުރަން ފެށޭވަރު ވާނެއެވެ. އެ އުޅަނދު ލިބުމުން ދިވެހި ކޯސްޓްގާރޑަށް ބޭނުންވާ ހަކަތައާއި ފުދުންތެރިކަމަށް ރަނގަޅު ހިއްސާއެއް ކުރާނެއެވެ. އަދި ރައީސް ޑޮކްޓަރ މުހަންމަދު މުއިއްޒު ކުރިން ބޭނުންކުރެއްވި “ އިންޑިއާ އައުޓް “ ކެމްޕޭނަށްފަހު ދިވެހިންގެ ދިފާއީ ބާރު ވަކި ގައުމަކަށް ބުރަވެފާއޮތުން ކުޑަކުރުމަށް އެމަނިކުފާނު އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި ތުރުކީއާއެކު ގުޅުން އުފެއްދުން ހިމެނެއެވެ. ރައީސް މުއިއްޒުގެ އިންތިޚާބީ ކެމްޕޭނުގެ ކުރީގައި ބޭނުންކުރައްވާފައިވާ އިންޑިއާއާއި ރަޙްމަތްތެރިކަން ކުޑަ ބަސްމަގު ދިވެހި ކޯސްޓްގާރޑް އުޅަނދު ހުރަވީ އިންޑިއާގައި މަރާމާތު ކުރުމަށްފަހު “ ފުރަތަމަ އަވައްޓެރިން “ މި ސިޔާސަތުގައި އަލުން ކުލަޖެހެން ވަނީ ފަށާފައެވެ.
އިންޑިއާއިން ދެކޭގޮތުގައި ތުރުކީން ސޮމާލިއާއާއި ގަތަރުގައި ނޭވަލް އެސެޓްތައް ގާއިމް ކުރުމަކީ ކުރީގެ ސަރަހައްދުން ބޭރަށް ނިކުމެ އިންޑިއަން އޯޝަން ރީޖަނަށް ހަންފެތުރުމުގެ ސިޔާސަތު ދަށުން ކުރަމުން ގެންދާ ކަމެއް ކަމެކެވެ.