ޒީ….4

Loading

April 19, 2025
profile
Facebook
Twitter
WhatsApp

(ކުރީގެ އަދަދާ ގުޅޭ)

ޒީއަށް ނޯޓު ލިބުނު ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އަހަރެން އުންމީދުކުރީ ރަށަށް ގޮސް ގުޅާލާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޒީގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެން މާޔޫސްވާން ފެށިއެވެ. ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާން ފެށިއެވެ. އެކަނި މާގިނައިން ވަގުތު ހޭދަކުރެވެން ފެށިއެވެ. އާންމުކޮށްވެސް ހިކިކޮށް ހުންނަ އަހަރެން އިތުރަށް އަނަރޫފަވާން ފެށިއެވެ.

އެކަމުން ދުރުވެ ހިތްހަމަޖައްސައިލުމަށް އަހަރެން ބައްޕަމެންނާއެކު ފިހާރައިގައި މަސައްކަތް ކުރަންފެށީމެވެ. މީހުންގެ ތެރޭގައި އުޅެން ފެށުމުން މަޑުމަޑުން ހަމައަކަށް އެޅުނުނަމަވެސް ޒީގެ ހަނދާންތަކާ ދުރަކަށް ނުދެވުނެވެ. ޒީއާ ބައްދަލުވާނެ ގޮތަކާމެދު ވިސްނަން ފެށީމެވެ. ފުރަތަމަ ޚިޔާލަށް އައީ އެރަށަށް ދާށެވެ. އެކަމަކު އެކަންޏެއް ނުދެވޭނެއެވެ. ޒީ ފިޔަވައި އަހަރެންގެ އިތުރު ރައްޓެއްސަކުވެސް އެރަށުގައެއް ނޫޅޭނެއެވެ. އެރަށަށް ދިއުމާމެދު ވިސްނަންފެށީމެވެ. ދާނީ ކާކާއެކުގައި ބާވައޭހިތައި ހިތަށްއެރިއެވެ.

އުންމީދެއް އޮތިއްޔާ ކާމިޔާބުވާނެއޭ މީހުން ބުނެއުޅޭ ނޫންހެއްޔެވެ! އަހަރެންގެ ނަސީބު އަތުގައިހިފީ ހަމަ ކުއްލިއަކަށެވެ. ފިހާރައަށް އަލަށް

ވެއްދި އަކުރަމަކީ އެރަށު ކުއްޖެކެވެ. މަޑުމަޑުން އަހަރެން އޭނާއާ ގުޅުން ބަދަހިކުރަން ފެށީމެވެ. ޒާތީ ވާހަކަތައް ދައްކާލައި އުޅެވޭވަރަށް އޭނާ ގާތްކުރީމެވެ. ފެންނަ ފެނުމަށް އިތުބާރުހިފޭ މީހެކެވެ. ބަސްމަދު ޒުވާނެކެވެ. ބައެއްފަހަރަށް އެންމެން ދައްކާ ވާހަކަތަކުގައި ބައިވެރިވިނަމަވެސް މީހުންގެ ވާހަކަ ދައްކާނަމަ އެކަމާ މާ ގަޔާވާކަމަކަށް ނުފެނެއެވެ.

ދެ މީހުން އެކަނި ކޮފީއަކަށް ގޮސްފައި އަހަރެން ދުރުދުރުން ޒީގެ ވާހަކަ ފެށީމެވެ. ވަރަށް ޖެހިލުން އިނދެއެވެ. ލިބޭނެ ޖަވާބަކަށްވުރެ ބޮޑަށް އަކުރަމު ހިތަށްއަރާފާނެ އެއްޗަކާމެދުގައެވެ. ކަންދިމާކުރިގޮތުން އަކުރަމާއި ޒީއަކީ އާއިލީގޮތުން ގާތް ދެކުދިންނެވެ.

ނުނިމޭ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް