ޕާކިސްތާނުގެ ބިމުގައި ހުރި އަގުބޮޑު މައުދަންތައް ކޮނެގެން ނެގުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ބިމު އަޑިގައި ފޮރުވިފައިހުރި މައުދަންތައް ނަގައިގެންހެޔޮގޮތުގައި ބޭނުން ކުރެވިއްޖެނަމަ ޕާކިސްތާނުން އައި އެމް އެފް ނުވަތަ އެހެންވެސް ދަރަންޏަށް ފައިސާދޫކުރާ އެއްވެސް އޭޖެންސީއަކަށް އާދޭސްކުރަން ދާން ނުޖެހޭނެކަމަށް ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ޕާކިސްތާނަކީ ގިނަ އަދަދެއްގެ އަގުބޮޑު މައުދަންތަކުން މުއްސަނދިކަން ލިބިފައިވާ ބިމެއް ލިބިފައިވާ ގައުމެކެވެ. ޕާކިސްތާން މިނެރަލް އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅު ދައްވަމުން އެ މައުދަންތައް ނަގައިގެން ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ ޕާކިސްތާނުގެ އިގްތިސާދަށް މިހާރު މެދުވެރިވެފައިވާ ފަގީރުކަން ނިމުމަކަށް ގެނެވޭނެކަމަށް  އުންމީދު ކުރެވޭ ކަމަށް ބޮޑުވަޒީރު ވިދާޅުވެ ދެއްކެވި ވާހަކަފުޅު ޕާކިސްތާނުގެ ޑޯން ނޫހުން ރިޕޯރޓް ކޮށްފައި ވެއެވެ. ޕީ އެމް އައި އެމް އެފް 25 ގެ ނަން ދެވިފައިވާ މި ފޯރަމްގައި ބައިނަލް އަގްވާމީ އިންވެސްޓަރުންގެ 300 އެއްހާ ފަރާތުން ބައިވެރިވި ކަމަށް ބުނެވެއެވެ. އޭގެތެރޭގައި އެމެރިކާއާއި ޗައިނާގެ އިންވެސްޓަރުންވެސް ހިމެނެއެވެ.

މި މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ފެޑެރަލް ސަރުކާރާއި ސަރަހައްދީ ސަރުކާރުތަކާ އަދި މިލިޓްރީން ގުޅިގެން އެކުވެރިކަމާއި އެއްބާރުލުމާއެކު މަސައްކަތްކުރުމުގެ ބޭނުންތެރިކަން ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަހަރެމެން އެއް އަޒުމެއްގައި މި މަސައްކަތާ ކުރިމަތިލައިފިނަމަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އޭގެ ހެޔޮ ނަތީޖާ އަހަރެންނަށް ލިބެންފަށާނެކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރަށް ހަވާލާދީ އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ރިކޯ ޑިގް ސަރަހައްދުގައި ގިނަ އަދަދަކަށް އިންޑަސްޓްރިއަލް މައުދަނާއި ޖެމްސްޓޯން އެކުލެވިފައިވާ ކަމާއި އަދި އެ ގައުމުގެ ބަލޯޗިސްތާނުގެ ޗަންގައި އަވަށުގެ ބިމުގައި ގިނަ އަދަދަކަށް ރަނާއި ކޮޕަރ އެކުލެވިފައިވެއެވެ.                                                 

ޕާކިސްތާނުގެ ބިމުގައި ހުރި އަގުބޮޑު މައުދަންތަކުގެ ވާހަކައަކީ ސިއްރެއް ނޫންކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަންދާޒާގައި އެތައް ޓްރިލިއަން ޑޮލަރަކަށް އަގުކުރެވޭ ކަމަށާއި އަދި ޕާކިސްތާނުގެ މައިނިން އިންޑަސްޓްރީގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތަތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމަށް އެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކަށަވަރުކޮށްދެއްވިއެވެ. އަދި އިންވެސްޓްކުރުމުގައި ޕާކިސްތާނުގެ ބައިވެރި ވުމާއެކު އިންވެސްޓް ކުރުމަށް ތަރުހީބު ދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.                     

ޕާކިސްތާނުން ރޯ މެޓީރިއަލް އެކްސްޕޯރޓް ކުރުމުގެ އުދަނގޫ ގަވައިދުތަކާބެހޭގޮތުން ޝަރީފް ވިދާޅުވީ ބިން ކޮށްގެން ނެގޭ ތަކެތި ޕާކިސްތާނުގައި ތިބެގެން ތައްޔާރުކޮށް އެކްސްޕޯރޓްކުރެވޭނެ ގޮތަށް ގަވައިދުތައް ބަދަލު ކުރައްވާނެ ކަމަށެވެ.                                

އެ ފޯރަމްގައި ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅަށް ތާއީދުކުރައްވައި އެ މަނިކުފާނުގެ ނައިބު އިސްހާގް ދަރް ވެސް ވާހަކަފުޅު ދެއްކެވިއެވެ.                                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް