ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ، ޢަރަބިންގެ ޣަފުލަތުންނެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަޙަތަށްޓަކާ ފަލަސްޠީނުގެ ބިމުގައި، ފުރަތަމަ ޒައަނިސްޓް ޓެރަރިސްޓް ޖަމާޢަތަކުން އުފެއްދި ޤައުމަކީ، އިނގިރޭސިވިލާތް ކަމަށް ވިޔަސް އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ޙިމާޔަތް ކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.އަބަދުވެސް އިސްލާމުންނަށް ގޯނާއެއް ކުރެވެން އޮތިއްޔާ މިކާފަރުންތައް އެއްބައިވެތެވެ.
އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ޙިމާޔަތްކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ޙިއްސާކުރަން ޖައްސާފައިވާ ސަޢޫދީ ޢަރަބިޔާ އާއި މިޞްރާއި އުރުދުން ގެ އެއްބާރުކުމާއި އެހީތެރިކަން އެކިގޮތްގޮތުން އިސްލާމުންގެ ޢަދުއްވުން ކަމުގައިވާ އިނގިރޭސިވިލާތާއި އެމެރިކާ އާއި އިޒްރޭލުން ހޯދައެވެ.
އަދި އިޒްރޭލުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިޒްރޭލަށް ގަބޫލުކުރެވޭ ކޮންމެ ގައުމަކަށާއި ބަޔަކަށް އަދި މީހަކަށް ޙަމަލާދީ ނައްތާލުމީ އެމީހުން ގަބޫލުކުރާ ޒައަނިސްޓުންގެ ސުންނަތެކެވެ. އަދި އިޒްރޭލާއި އެމެރިކާ ބޭނުން ނުވާ ވެރިއަކު މެދުއިރުމަތީގެ އެއްވެސް ޤައުމެއްގައި ޙާއްޞަކޮށް އުރުދުނާއި ސަޢޫދީ އާއި މިޞްރުގައި ހުރެގެން ނުވާނެކަމަ ވެސް އިޒްރޭލާއި އެމެރިކާ ދެކެއެވެ.
ސަބަބަކީ މިޤައުމުތައް ފަލަސްޠީނާއި އެއް އިމުން ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ، މިބުނާ ޢަރަބިންގެ ޣަފުލަތުން ކަމަށްވާތީއެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަތަށްޓަކައި ފަލަސްޠީނުގެ ބިމުގައި، ފުރަތަމަ އިޒްރޭލު އުފެއްދި ޤައުމަކީ، އިނގިރޭސިވިލާތް ކަމަށް ވިޔަސް މިހާރަކު އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ހިމާޔަތްކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.
އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ޙިމާޔަތް ކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ޙިއްސާކުރާ ސަޢޫދީ އާއި މިޞްރާއި އުރުދުން ގެ އެއްބާރުލުމާއި އެހީތެރިކަން އެކިގޮތްގޮތުން އެމެރިކާ އާއި އިޒްރޭލުން ހޯދައެވެ. އަދި ރުހުން ނުހޯދިއްޖެނަމަ ކިންގް ފައިސަލް އަވަހާރަކޮށްލިގޮތުގެ މިސާލުން ބިރުދައްކަތެވެ.
އަދި އިޒްރޭލުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިޒްރޭލަށް ގަބޫލުކުރެވޭ ކޮންމެ ޤައުމަކަށާއި ބަޔަކަށް އަދި މީހަކަށް ނިރުބަވެރި ޙަމަލާ ދެއެވެ. އަދި އިޒްރޭލާއި އެމެރިކާ ބޭނުން ނުވާ ވެރިއަކު މެދުއިރުމަތީގެ އެއްވެސް ޤައުމެއްގައި ޚާއްޞަކޮށް އުރުދުނާއި ސަޢޫދީ އާއި މިޞްރުގައި ހުރެގެން ނުވާނެކަމަ ވެސް އިޒްރޭލާއި އެމެރިކާ ދެކެއެވެ. ސަބަބަކީ މިޤައުމުތައް ފަލަސްޠީނާއި އެއް އިމުން ގުޅިފައިވުމާއި މިޤައުމުތަކުން އިޒްރޭލަށް ގެއްލުމެއް ދިނުމަށް ފަސޭހަވާނެތީއެވެ.
އެހެންކަމުން ސިއްރާއި ފާޅުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سبحانه وتعالى ވަނީ، މުސްލިމުންގެ ޙައްގުތަކާއި މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުން ގުޅިގެން އުޅޭއިރު މުސްލިމުން ޣާފިލުކަމުން ހޭވެރި ކުރުވުމަށާއި ފަރުވާތެރިވުމަށް އެބައި މީހުންގެ ޙަޤީޤަތް ބަޔާންކޮށް ދެއްވާފައެވެ.
އެކަލާންގެ ވަޙީ ބަސްފުޅުގައުވެއެވެ.
وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ [سورة البقرة: آية 120].
އަދި ޔަހޫދީންވެސް ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެ ވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّهގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اللَّه ގެ ޙަ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ. ( سورة البقرة آية 120
ނޯޓު: ބަވަނަ ވެފައިވާ ދުނިޔޭގައި އެއްވެސް ޤައުމަކާއި ނުގުޅި އެކަހެރި ވުމަކީ މިޒަމާނުގައި ނިކަމެތި ކަމަކަށްވެސް ވެދެއެވެ. އެހެން ނަމަވެސް ދުނިޔެ ދައްކާ ދަޅަތަކަށް ބަލާއިރު މުސްލިމުންގެ ޙައްގުތަކާއި މުސްލިމުންގެ މަޞްލަޙަތާއި ގުޅޭކަންކަމުގެ ލަގަން މުސްލިމުން ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެއެވެ. އަދި މުސްލިމު ނަމެއް ކިޔާ ކޮންމެ މިހަކާއި މުސްލިމެކޭ ދުލުން ބުނާ ކޮންމެ މީހަކު މުސްލިމަކަށް ނުވާނެ ފަދައިން ސުންނީ މުސްލިމެކޭ ބުނާ ކޮންމެ މީހަކު ވެސް ސުންނަތް ގަބޫލުކޮށް ޢަމަލުކުރާ މުސްލިމަކަށް ނުވާނެކަން ދަންނަންޖެހެއެވެ. ފުރިހަމަ މުސްލިމެއްކަން އެނގޭނީ އެމީހެއްގެ ބަހާއި ޢަމަލު ސީދާވުމުންނެވެ.
މުސްލިމުންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރާ ނަމަ ވެރިކަމަށް ކުރިމަތިލާ މީހަކީ ސުންނީ މުސްލިމު އަޤީދާގެ މީހެއްތޯ ބެލުމަށް ފަތުވާ ކޮމެޓީ އަކުން ނުވަތަ ދީނީ ޢިލްމުވެރިންގެ މަޖިލީހަކުން އިންޓަވިޔު ކުރުމަކީ ޝަރުޠެއް ކަމަށް ޤާނޫނުގައި އޮތުން މުހިއްމެވެ.
މިޝާލަކަށް ރާއްޖޭ ގެ ޤާނޫނު އަސާސީ އަށް ބަލާއިރު ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތަކީ ސުންނީ، މުސްލިމަކަށްވުން ޝަރުޠު ކޮށްފައިވެއެވެ. ނަމަވެސް ސުންނީ މުސްލިމެއްގެ އަޤީދާ ގެ މީހެއްތޯ ބަލާނެ ގޮތެއް ނޯވެއެވެ. ތިމާމިއީ ސުންނީއެކޭ ބުނުމުން ފުދުނީއެވެ.
މިހާރު އޮންނަ ގޮތުންނަމަ ސުންނީ މުސްލިމެއްކަމަށް “ ބެލެވެނީ “ ދިވެއްސަކަށް ވުމެވެ. ނުވަތަ ދިވެހި ރައްޔިތަކަށް ވުމެވެ. މިގޮތަށް ބަލައިގެން ވެރިކަމަށް ގެންނަ މީހާ ރާބޮޔަސް، އޫރުމަސްކެޔަސް ، ދީނަށް ފުރައްސާރަ ކުރިޔަސް ، ރާއްޖެ ބޭރުގެ އަޅުވެތިކަމަށް ގެންދިޔަކަމަށް ވިޔަސް ދެން ހެދޭނެ މާބޮޑު ގޮތެއް ނޯވެއެވެ. އަމިއްލަ ނަފުސު އިސްލާޙް ކުރެވިގެން ނޫނީ ތެދުމަގުގައި ތިބެ ނަސުރުލީނޭގޮތެއް ނުވިސްނެއެވެ! ފަލަސްތީނު މިނިވަން ކުރެވޭނީވެސް މުސްލިމުން މާތްﷲ ގެ އަމުރުފުޅުތަކަށް ތަބާވެ، ރަސޫލާ ދެއްކެވި ގޮތުގައި ޢަމަލު ކޮށްގެނެވެ. ޚާއްސަކޮށް މުސްލިމު ގައުމުތަކުގެ ވެރީން އެގޮތުގައި ޢަމަލު ކޮށްގެނެވެ.
One Response
Balaga ghaafil vefaithibee Falasteen ekanyyeh nooney. Dhivehi ves mi thibee everinnah ithubaarukoh ghaafil vefa. Everin dhakkamun dhaan vaahaka akee mithanah guestun gothugai kamahviyas beynuvanee mithaa dhiriulhe dharin mithanah boduvaathan dheken kamah. Baeh meehun dhivehinnaa indhe gedhoru hoadhan e gethaku kairin alhaa dhivehi kudakujjehge hiyani dhiyayas bodukamakahve media ga jahamun ebadhey. Ebaimeehunge privacy ashaa property ah dhivehi kudhin araigannamun dhaakah. Dhivehin ves heylan vejje. Dollar ge ghaafil nidhin heylai bahakee huri falhiraththahves salaamaiy kureveytho ulhenvejje.