ރަހަފަތް:ރޯތޮރާ ސަޓަނި

Loading

March 16, 2025
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ޖޯޑު ތޮރާ (މަށައި ތުނިކޮށް ކޮށާފައި)
ބައި ދަޅު މަސް
ބައިޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
ގިތެޔޮމިރުސް
ލުނބޯ ކިބައެއްގެ ހުތް
ބައިޖޯޑު ބޯކިރު
ބައި ސައިސަމުސާ ލޮނު

ތައްޔާރުކުރާނެ ގޮތް:
ފިޔައާއި މިރުސް، ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. އެއަށް މަސްކޮޅު އަޅައިގެން މޮޑެލުމަށްފަހު ތޮރާކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބޯކިރުފޮދު އަޅާލާފައި އެއްނުކޮށް ބަހައްޓާށެވެ.
ބަތް ނުވަތަ ރޮއްޓާއެކު ކާލަން މި ސަޓަނި މީރުވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް