ކޮންމެ ރެއެއްގެ ހާރުދަންވަގުތަކީ މާތްކުރެވިފައިވާ ވަގުތުކޮޅެކެވެ.އެވަގުތު ކޮޅަކީ ގާތްގަޑަކަށް1:30ފެށިގެން އަންނަ ވަގުތުތަކެވެ.
އެވަގުތު މާތް ވަނީ އެވަގުތަކީ، ﷲ އެކަލާނގެ ޛާތުފުޅާ އެކަށީގެންވާގޮތެއްގެމަތީން ދުނިޔޭގެ އުޑަށް ފައިބައި ވޮޑިގަންނަވާ ވަގުތުކޮޅެކެވެ. އެވަގުތުކޮޅުގައި އެކަލާނގެ އަންނަނިވި ކަންކަމުގެނިދާ އިއްވައެވެ.
އެއީ;
ދުޢާކުރާމީހާގެ ދުޢާ އިޖާބަކުރަށްވާނެ ވާހަކައެވެ.ކަމަކަށްއެދި ދަންނަވާ މީހާގެ އެކަމެއް ފުރިހަމަ ކޮށްދެއްވާނެ ވާހަކައެވެ.ފާފަ ފުއްސަވާދެއްވުން އެދި ދަންނަވާމީހާގެ ފާފަތައް ފުއްސަވާދެއްވާނެ ވާހަކައެވެ.ފަތިސްނަމާދުވަގުތު ވަންދެން މިގޮތަށް ނިދާއިއްވުމުގައިﷲދެމިވޮޑިގެންވެއެވެ.މި ވާހަކަ އައިސްފައިވަނީإمَامُ مُسْلِمُއާއި އެހެނިހެން އިމާމުން ރިވާކުރަށްވާފައިވާصَحَّޙަދީޘްތަކުގައެވެ. އެހެންކަމުން ބަރަކާތްތެރިرَمَضَانމަހަކީ ހާރުދަންވަގުތުގައި ހޭލާއުޅެވޭ މަހަކަށް ވީއިރު މި ވަގުތު ކޮޅުގެ ފައިދާ ޙާޞިލުކުރެވޭތޯ ގަދައަޅާ މަސައްކަތްކުރަމާ ހިނގާށެވެ.ޚާއްޞަކޮށް،ބޭނުންވާކަންކަމަށްއެދިﷲއަށް،ދެންނެވުމުގައެވެ. ދުއާކުރުމަށްޓަކައި ދިގުކޮށް ސަޖިދަކުރުމަކީ އެދެވިގެންވާކަމެކެވެ.އަމިއްލަ ބަހުން ބޭނުންވާ ކަމެއް ﷲ އަށް ދަންނަވަންވީއެވެ.(ޝުޢައިބު)