އަހަރެން މަރާލައިފިނަމަ އީރާން ވުޖޫދުން ނައްތާލަން މުޝީރުންނަށް އޮންނާނީ އަންގާފައި

Loading

Facebook
Twitter
WhatsApp

އެސޯޝިއޭޓެޑް ޕްރެސްގެ އެންމެ ފަހުގެ ޚަބަރުތަކުގައި އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް އަވަހާރަކޮށްލައިފިނަމަ އީރާން ވުޖޫދުން ނައްތާލަން މުޝީރުންނަށް އަންގާފައިވާނެކަމަށް ވިދާޅުވި ޚަބަރު ފާހަގަކޮށްލެވެއެވެ. 

        

އީރާނަށް ހުރިހާގޮތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަމުރުކޮށް ނެރުނު ގަރާރުގައި ސޮއިކުރެއްވުމުގެ ތެރޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ “  އީރާނުން އަހަރެން މަރާލައިފިނަމަ އީރާން މި ވުޖޫދުން ނައްތާލަން މިހާރު އޮންނާނީ މުޝީރުންނަށް އަމުރުކޮށްފައެވެ “                  

ރައީސް ޓްރަމްޕްގެ ރިޔާސީ ދައުރުގައި އެމަނިކުފާނު އަވަހާރަ ކޮށްލައިފިނަމަ ނުވަތަ އަވަހާރަ ވެއްޖެނަމަ ރިޔާސަތުގެ ބާކީ އޮތް ދުވަސްތަކުގައި އެމެރިކާގެ ރައީސަކަށް ވާނީ ނައިބު ރައީސް ޖޭ. ޑީ. ވޭންސް އެވެ. އެކަމަކު ރައީސް ޓްރަމްޕް އީރާނުން ވުޖޫދުން ނެތިކޮށްލަން ކުރި އަމުރު ތަންފީޒު ކުރުން ޖޭ. ޑީ. ވޭންސް ގެ މައްޗަށް ލާޒިމެއް ނުކުރާނެއެވެ.                                                  

އެމެރިކާގެ ފެޑެރަލް އޭޖެންސީތަކުން މިހާރުވެސް ގެންދަނީ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އެމެރިކާގެ އެހެން ބައެއް އޮފިޝަލުން މަރާލާނެކަމަށް އީރާނުން ދީފައިވާ އިންޒާރަށް ފާރަލަމުންނެވެ.                    

2020 ވަނައަހަރު އީރާނުގެ ގުދުސް ފޯރސްގެ ކޮމާންޑަރ ގާސިމް ސުލައިމާނީ ޝަހީދު ކޮށްލާފައިވަނީ ޑޮނާލްޑް ޓްރަމްޕް ގެ އަމުރަށެވެ.                                                       

އެމެރިކާގެ ރިޔާސަތަށް ޑޮނާލްޑް ޓްރަމްޕް ކެމްޕޭން ކުރަމުން ދިޔަ ދުވަސްވަރު އީރާނުގެ އިންޒާރުގެ ސަބަބުން އެ މަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެހެންނަމަވެސް ޕެންސިލްވޭނިޔާގައި ކެމްޕޭން ކުރައްވަނިކޮށް ކަންފަތަށް އަމާޒުކޮށް މީހަކު ވަނީ ބަޑި ޖަހާފައެވެ. އޮފިޝަލުން އޭރު ބުނެފައިވަނީ ޓްރަމްޕް ކަންފަތަށް ބަޑިޖެހުން އީރާނާ ގުޅުމެއް އޮތް ކަމަށް ނު ބެލެވޭ ކަމަށެވެ. ނަމަވެސް މި ދިޔަ ނޮވެމްބަރ މަހު ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތަށް ހަވާލުވުމުގެ ކުރިން އަވަހާރަ ކޮށްލަން އީރާނުން ދީފައިވާ ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާކަމަށް ޖަސްޓިސް ޑިޕާރޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޓްރަމްޕަށް ފާރަލައި އަވަހާރަކޮށްލުމުގެ މަސައްކަތް އީރާނުން ހަވާލު ކޮށްފައިވަނީ އުމުރުން 51 އަހަރުގެ ފަރުހާދު ޝާކިރީ ކިޔާ މީހަކަށް ކަމަށާއި މިހާރުވެސް އޭނާ އީރާނުގައި ދިރިއުޅެމުން ގެންދާ ކަމަށެވެ. ޖަސްޓިސް ޑިޕާޓްމެންޓްގެ ތުހުމަތަކީ އީރާނާއި އެމެރިކާގެ ގުޅުން އިތުރަށް ނުބައި ކުރުމުގެ ނިޔަތުގައި އިސްރާއީލުން އުފައްދާފައިވާ ދޮގެއް ކަމަށް ވިދާޅުވެ އީރާން ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބާޣެރީ ވަނީ އެ ތުހުމަތުން އީރާން ބަރީއަ ވާކަމަށް ވިދާޅުވެފައެވެ.                      

މެންހަޓަންގެ ފެޑެރަލް ކޯޓުން ބުނެފައިވަނީ ޝާކިރީ އަކީ އަފްގާނިސްތާނުގެ ރައްޔިތެއް ކަމަށާއި އެހެން ހުރިހާ މަސައްކަތެއް ހުއްޓާލާފައި ޓްރަމްޕް މަރާލުމަށް އިސްކަން ދިނުމަށް އީރާނުގެ ޕަރަމިލިޓްރީ ރިވޮލިއުޝަނަރީ ގާރޑްން އޭނާއަށް އަންގާފައިވާކަމަށް ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.                        

ކުރީގެ ޚާރިޖީ ވަޒީރު  މައިކް ޕޮމްޕިއޯއާއި އެމަނިކުފާނުގެ އެންމެ އިސް އެއިޑް ބްރައިއަން ހޫކް އަދި ކުރީގެ ނޭޝަނަލް އެޑްވައިޒަރ ޖޯން ބޯލްޓްން އަށް އީރާނުން މީގެ ކުރިން ދީފައިވާ އިންޒާރުތަކާއި ގުޅިގެން އެމެރިކާ ސަރުކާރުން ދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ދާދިފަހުން ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އުވާލައްވާފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް