ޕީއެންސީން ދައުލަތުގައި ރައްކާކުރެވިފައިވާ ރައްޔިތުންގެ ސިއްރު މަޢުލޫމާތުތަކެއް ރައްޔަތުންގެ އައިޑީ ކާޑް ޑާޓާބޭސް ވަގަށް ނަގައިގެން އެ ރައްޔިތުމީހާއަށް ނޭނގި ވަގަށް ބޭނުންކޮށް ވެރިކަންކުރާ ޕާޓީއަށް ވަގުފޯމްތައް ފުރުވައި އެ ރައްޔަތު މީހާއަށް ނޭނގި އެ ޕާޓީއަށް ވެއްދި ވަގު ޢަމަލަކީ ގައުމީ ސަލާމަތައް ހުރި ބޮޑު ނުރައްކަލެއް ކަމަށް ގިނަބަޔަކު ބުނަންފަށައިފިއެވެ.
މިކަމުން ގައުމީ ސަލާމަތައް ނުރައްކާ ވަނީ ޕީޕަލް އެލަޔަންސް (ޕީއެންސީ)އަކީ ދައުލަތުގެ ދެ ބާރު އެކުވެގެން ހިންގާ ޕާޓީއަކަށް ވީތީއެވެ. އެއީ ރައިސުލްޖުމްހޫރިއްޔާއާއި މަޖިލިސްގެ ރައީސެވެ. މި ޖަރީމާ ހިންގި ކަމަށް މިހާރު ވަނީ އެ ޕާޓީގެ ބޮޑުންގެ ބަޔަކު އެއްބަސްވެސް ވެފައެވެ. ޕިއްޒާކާން ނަމަވެސް ހޯމް މިނިސްޓަރުވެސް އެ ޖަރީމާ ހިންގަމުންދިޔަ ޖަރީމާ ޑިޕާޓްމެންޓްގައި ސައްލާކުރަނިކޮށް ކަމަށް ބުނާ ފޮޓޯތަކެއްވެސް މީޑިއާގައި ލީކުވެ ދައުރުވަމުން އެބަދެއެވެ. މިއީ ވަރަށްވެސް ނުރައްކާތެރި ޖިނާޢީ މައްސަލައެކެވެ.
ރައީސުލްޖުމްހޫރިޔާއަކީ ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާކަމުގައި ރައްޔަތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޮވައި ދައުލަތް ޙަވާލުކޮށްފައިވާ ފަރާތެވެ. އަދި ހަމަ އެހެންމެ ސިފައިންގެ އެންމެ މަތީ ވެރިޔާއެވެ.
ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ގާނޫނު ހެދުމުގެ ބާރެވެ. މި ބާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ވަގުފޯމް ބޭނުންކޮށް ބުނެވޭ ގޮތުގައި 50 ހާސް ރައްޔަތުން ވަގަށް ވައްދާފައިވާ ޕީއެންސީގެ ޗެއަރޕާސަންއެވެ. ހަމައެހެންމެ މި ޖަރީމާގައި މަޖިލިސްގެ މެމްބަރުންވެސް ވަނީ ބައިވެރި ކުރުވާފައެވެ.
ކަންމިހެން އޮތްހިނދު މިދެންނެވި ވެރިކަން ހިންގުމުގެ ބާރާއީ ގާނޫނު ހެދުމުގެ ބާރާއި މި ދެބާރުގެ ވެރިން ނިސްބަތް ވަނީ ވެރިކަން ކުރާ ޕީއެންސީއަށެވެ.
މި ދެބާރުގެ ދެ ވެރިން ވެސް ތިއްބެވީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވުމަށާއި މަގާމުގެ ވާޖިބުތަކާއި މައްސޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުން މަތީގައި ދެމިހުރުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި ގެންނެވެ. ކަމުގެ ބޮޑުކަމާއެވެ!
ކަން މިހެން އޮތްހިނދު ރައީސުލް ޖުމްހޫރިއްޔާއައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެތައްހާސް ރައްޔިތުންގެ އައިޑީކާޑު އެ ރައްޔިތުންނަށް ނޭނގި ވަގަށްބޭނުންކޮށް އެރައްޔިތުންގެ ނަމުގައި ވަގުފޯމު ފުރާ ސޮއިފޯޖުކޮށް އަދި އެ ރައްޔިތުންގެ ނަމުގައި ބައެއްގެ އަތާއި ފައިގެ އިނގިލީގެ ވަގު ނިޝާންޖަހައި މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނުތަކާއި ޚިލާފުވެފައެވެ. އެހެންކަމުން ޕީއެންސީގެތެރޭގައި ހިމެނޭ އެޕާޓީގެ ޗެއަރޕާސަން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެޕާޓީގެ ރައީސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ވަނީ އެ ދެބޭފުޅުން މަގާމުގެ މައްސޫލުއްޔަތާއި ވާޖިބުތަކުގެ ޙުރުމަތް އެނގިތިބެ ކަނޑާލާފައެވެ. އަދި ރައްޔިތުން ޙަވާލުކޮށްފައިވާ އަމާނާތައް ބޮޑުތަނުން ޚިޔާނާތްތެރިވެ ކުރައްވާފައިވާ ހުވަޔާއި ވެސް ޚިލާފުވެފައެވެ. މާތްﷲ ޙަޒްރަތުގައި ގަންދީ އެ ކުރެވިފައިވާ ހުވަޔާއިމެދު މަޙުޝަރުގައި ސުވާލުވެވޭ ހިސާބުގެ ދަށުދަރަޖައަށް ވެސްޓިފައެވެ!
ޕީއެންސީ އިން ހިންގާފައި އެވާ ޖަރީމާއާއި ގުޅިގެން އެޕާޓީއިން ރައްޔިތުނަށް ޖަވާދުދާރީ ނުވުމަކީ ރައްޔިތުން އެދައްކާ ވާހަތަކަކީ ޙަގީގަތެއްކަން ޖާމަވެގެންދާ އެއްސަބަބެވެ. އަނެްްސަބަބަކީ ޕީއެންސީއިން ފުރާފައިވާ ވަގުފޯމްތަކުގެ ފިންގަރ ޕްރިންޓް ޗެކްކުރެވޭނެ ގޮތްތައް ރާއްޖޭގެ ފުލުހުންގެ ފޮރެންސިކް ތަޙުލީތަކުން ކަށަވަރު ކުރެވެން އޮތް ހިނދު އެކަން ނުކުރެވޭނެކަމަށް ބުނެ ޔައްޔަތުންނާ ޖަދަލު ކުރުމެވެ. ކިހާ ގޮތެއްފޮތެއް ނެތް ޢަމަލެއްތޯއެވެ!
އެހެންކަމާއެކު މި ވައްކަމަކީ ޑީ.އެން.އާރުގެ ބައެއް އިސްވެރިން ޝާމިލު ކުރުވައިގެން އެތަނުގެ ޑާޓާ ވަގަށް ނަގައި ރައްޔިތުންގެ އައިޑީކާޑުތަކުން ވައްކަންކުރި ކުރުމަކީ މިފަހަކަށް އައިސް ސަރުކާރުގެ އިސް ދެބާރުންހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމުގައި ބެލެވޭނެ ޖާގައެބައޮތެވެ.
ވެރިކަން ކުރާ ޕީއެންސީ އިން އެވަނީ ރައްޔިތުންގެ ޝަޚުޞުން ވެސް ވައްކަން ކޮށްފައެވެ. މިފަދަ ބޮޑު ވައްކަމެއް ކުރިބަޔަކު ދެން ނުކުރާނެ ވައްކަމެއް އޮވެދާނެތޯ މިއީ ގިނަ ރަޔަތުންތަކެއް މިއަދު މަސްމާރުކޭޓް ގަޔާއި ދޯނިފަހަރުގައި ހަވަރު ގޮވާ ވޮގެއްޔަކަށް މިވަނީ ވެފައެވެ. އެހެން ކަމާއެކު މިސަރުކާރު ބަދަލު ކުރުމަކީ މިއަދު ރައްޔިތުންގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެކޭ ބުނެފިނަމަ ދޮގަކަށް ވާނެތޯއެވެ. މިވައްކަމުގެ ޒިންމާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މިކަމުގައި ބައިވެރިވި ސަރުކާރުގެ އެތަކެއް ވެރިން ނަންގަވަން ޖެހޭނެއެވެ. އަދި ތިލަވަމުން އަންނަ މަންޒަރު ތަކާއި ދެކޮޅު ނުޖެހޭ ބަޔާންތަކުން އީސީއިންވެސް ވަނީ މިވައްކަމުގައި ޢަމަލީގޮތުން ބައިވެރިވެފާ ކަމަށް އިދިކޮޅުން ބުނެތެވެ. އެހެން ކަމުން ރައީސް ޖުމްހޫރިއްޔާ މިފަދަ ވައްކަމަކުން ސަލާމަތް ވުމަށްޓަކާވެސް ހޯމް މިނިސްޓަރާއި، އީސީގެ ރައީސް އާއި ޑިއެން އާރުގެ ވެރިންންގެ މައްޗަށް ޖިނާޢީ ދަޢުވާކުރަން ކޮންމެހެން އެބަޖެހއެވެ. ވާނީވެސް މިހެންތާއެވެ. ޕީޕީއެމްގެ ގިނަ ބަޔަކު އަބަދުމެ ދަޢުވާ ކުރާހެން މިއީ ޕީއެންސީ އިން ވަގަށް ނަގައިގެން ބާރުގެ ބެނުންކޮށްގެން ހިންގާ ވެރިކަމެކެވެ. ރައްޔަތުން ވޯޓްލީ ޕީޕީއެމްގެ ވެރިކަމެއް ރައީސް ޔަމީނުން އެންޑޯޒް ކޮށްފައިވާ ޕީއެންސީގެ ކެންޑިޑޭތް މުޢިއްޒު ވޯޓްލިބިދީގެން ގެނެވުނު ވެރިކަމެކެވެ. ވެރިކަމަށް އިސްކުރެވުނުއިރު ޕީއެންސީ ގައި ތިންހާސް މީހުން ހަމަނުވެއެވެ. ވެރިކަމުގެބާރާއި ރައްޔިތުންގެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރުވެސް މިސަރުކާރުން އެވަނީ ފޭރިގެންފައެވެ. މިއީ މާލެ އާއި ރާއްޖެތެރޭގައި ބަސްމަގު ހުރިގޮތެވެ.
ރައްޔިތުންގެ ފަރާތުން މިވައްކަން ނުބަލާ ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅަން ޖެހޭނީ ރައްޔިތުންނެވެ. އެހެން ކަމާއެކު އިދިކޮޅު ފަރާތްތަކުން މިސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރަން އެއުޅޭ މަސައްކަތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން ބައިވެރިވާން ޖެހިއްޖެ ކަމަށް ފެނެއެވެ. ޕީއެންސީ އިން މި ހިންގެ ޝަޚްސު އޮޅުވާލުމުގެ ބޮޑު ޖަރީމާ ދައުލަތުގެ ތަޙުގީގީ އިދާރާތަކުން ބަލަން ޖެހެއެވެ. އެކަން ކުރެވޭނީ ހޯމް މިނިސްޓަރު ސަސްޕެންޑް ކޮށްގެން ކަމުގައި ގިނަ ރައްޔަތުން ދެކެއެވެ. ޕީއެންސީ ގާނޫނީގޮތުން ސައިޒް ނުކޮށްފިނަމަ ދެން ދައުލަތް ބޮޑު ލޮލުމެއް އެރުމަކީ ވަރަށް ވެދާނޭ ކަމެއްކަމުގައި އަޅުގަނދު ދެކެމެވެ.
އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫއަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މަގާމުގެ ވާޖިބުތަކާއި މައްސޫލިއްތު އަދާކުރުންމަތީގައި ދެމިހުރުމަށް ހުވާކުރުމަށް ފަހު ރައީސުލް ޖުމްހޫރިއްޔާ އާއި އޭނާގެ ކެބިނެޓް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަނީ މާތް ﷲ ގަންދީ ކުރައްވާފައިވާ ހުވަޔާ ޚިލާފުވެ ރައްޔިތުންގެ ޙައްގުތަކަށްވެސް ބޮޑުތަނުން އަރައިގެންފައެވެ.
މި ސަރުކާރުގައި ހިމެނޭ ގިނަ މީހުންނަކީ ރައްޔަތުން ޢިއްޒަތެއް އިތުބާރެއް ލިބިފައިވާ ބައެއް ނޫނެވެ. ކޮން ދިމާލަކުން ބަލައިލި ނަމަވެސް ވައްކަން ކުރުމުގައި މިސާލެއްފަދަ ވަގުން ކަމަށް ވީހިނދު މިވެރިންނާއި ރައްޔިތުން ޙަވާލު ކުރި ރައްޔިތުންގެ މުދަލާ ފައިސާ އަށް ޚިޔާނާތް ތެރިވަމުން ގެންދާނޭކަމީ މިހާރު ދެން ޝައްކެތް ނެތް ކަމެކެވެ. މިއަދު ކުރެވުނު ސާވޭގެ ނަތީޖާ ދައްކަނީ ވެރިކަން ކުރާ ޕީއެންސީއަށް ރައްޔަތުން އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ރައްޔަތުން 15% ތާއިދެއްވެސް ހަމަ ނެތިދިޔައީއެވެ.
3 Responses
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،ރައީސުލް ޖުމުހޫރިއްޔާ،ޑޓރމުޢިއްޒު އެވަނީ މާތްﷲގަންދީ ކުރިހުވަޔާއި،ޚިލާފުވެ ރައްޔަތުންނަށް މާ ބޮޑަށްވެސް ޚިޔާނާތްތެރިވެފައެވެ، ކެބިނެޓު،މިނިޝްޓަރުންނާއި، މަޖިލީހުގެ މެންބަރުންނާއި،ސަރުކާރުގެ އިސްބޭފުޅުންލައްވާ ރައްޔަތުންގެ،ގިނަބައެއްގެ،ހައްގުތަކަށް އެވަނީ އަރާގެންފައެވެ، ވީހިނދު މުޢިއްޒުއަކީ،ޚިޔާނާތްތެރި ބޭފުޅެކެވެ، މިސަރުކާރަށް ރައްޔަތުންގެ އިތުބާރު މިވަނީ ގެއްލިފައެވެ، ދުނިޔޭގެ،ރެކޯޑު ބޮޑުވައްކަން ކުރަށްވާފިއެވެ، އިސްތިއުފާދޭންޖެހޭކަމަށް،ގަބޫލުކުރަމެވެ،
ކޮންމެ ފަދަ ޖަރީމާއެއް ރާއްޖޭގައި ހިންގި ކަމުގައި ވިޔަސް
ނުބެލޭނެ އިންސާފުގެ މަގުން! މަދުވެގެން 5އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ބޭނުންވަނީ
މިލިޓަރީ ވެރިކަމެއް! ކީކީކުރަހާ ކޯޓްތަކެެއް!ކީކުރާހަ މިނިވަނޭ ކިޔާ މުއައްސަސާތަކެއް! ދައުލަތް
ލޫޓުވަތާ 40 އަހރުވަނީ! ކޮންމެ ވެރިކަމެއްގައި ވެސް ތިބެނީ އެއްބައެއްނު! ޑިމޮކްރަސީ އަކީ
%100މުސް ގައުމުގައި އޮންނަންޖެހޭ އެއްޗެއްނޫނެވެ. ރައްޔިތުންނާއި ގައުމު ދިފާއު ކުރަން ﷲ
ގަންދީ ހުވަކޯށްގެން ތިބިމީހުން ކޮބާ! އެވެރިން ވެސް ތިބެނީ ފްލެޓް ލިސްޓްގައި ނަން
ނޯވެދދާނެތީ ބިރުން. ގައުމު ބޭނުންވާ މީހަކުނެތް!
ތިއީވާ ބޮޑުތެދެއް. ފަހަލަގެ ދުރުމި ރަނގަޅު