ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، މޯލްޑިވިއަން އިން 50،000 ގަސް އިންދުމަށް ޕްލެޖްކޮށް، މިއަދު ގަސް އިންދަން ފަށައިފިއެވެ.
މޯލްޑިވިއަންގެ ފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެ، 50،000 ގަސް އިންދުމަށް ޕްލެޖްކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެގޮތުން މިއަދު ހުޅުލޭގައި ފުރަތަމަ ގަސްތައް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކުގެ ތެރޭގައި ރުއް، ފަރު، ކަނީރު އަދި އެހެނިހެން ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ. މި ގަސްތައް އިންދުމުގެ މަސައްކަތް ކުރިއަށްދާނީ ރާއްޖޭގެ އެކި ރަށްރަށުގައެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފްތިތާހްކުރީ މި އަހަރުގެ ތިމާވެށީގެ ދުވަހުއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރެއެވެ.