ގެއްލިގެން ހޯދަމުންދިޔަ ނިހާލު ފެނިއްޖެ

Loading

December 18, 2024
profile
Facebook
Twitter
WhatsApp

ގެއްލިގެން ހޯދަމުންދިޔަ ޙަސަން ނިހާލު ފެނިއްޖެއެވެ.

ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު (34 އ) ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ.

އާއިލާއާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގެއްލިގެން ރިފޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިހާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ.

ނިހާލު ގެއްލުމުގެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފުސީލެއް ހާމަނުކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް