މާލޭގެ ގެެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.
މަރުވެފައި އޮތް މީހާ ފެނުނީ ގުލާބީ މަގުގައި ހުންނަ މއ. ހުދު އަކިރި ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ މަރުވީ މއ. ހުދު އަކިރި، އަބްދުﷲ ހަސަން، 53 ކަމަށެވެ. އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.