އޭއެފްސީގެ އެންމެ މޮޅު ގޯލަކަށް އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލު ހޮވިއްޖެއެވެ.
ރާއްޖޭގެ އެންމެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް މިޝަރަފު ލިބިފައިވަނީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި ދަގަނޑޭ ޖެހި ގޯލެކެވެ.
އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ ތަފާތު ސޯލޯ (އަމިއްލަ ހުނަރުން) ގޯލަށް ދަގަނޑޭގެ މިގޯލް ހޮވިފައިވަނީ 54% ވޯޓު ލިބިގެންނެވެ.
ދެން ހިމެނޭ ގޯލުތައް ޖަހާފައިވަނީ އިންޑިއާގެ ޗާޗިލް ބުރަދާސްގެ ފޯވަޑް ބަލްވަޓް ސިންހްއެވެ. އޭނާގެ ގޯލަށް 22% ލިބިފައިވާއިރު ލުބުނާންގެ ސޯފާ އެފްސީ ހައިދަރު އަލީ ކާމިޔާބު ކުރި ގޯލަށް ލިބުނީ 6 % އެވެ. އަދި މީގެ އިތުރުން އިންޑޮނޭޝިއާގެ ޕަސިޕޫރާގެ ފޯވަޑް ބޯޒް ސޮލޯސާ ޖެހި ގޯލަށް 17 % ލިބިފައިވާ އިރު މިޔަންމާގެ ޔޮންގޮސް ޔުނައިޓެޑްގެ ފޯވަޑް އިމޭނުއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ގޯލަށް ލިބުނީ 1 % އެވެ.